ޚަބަރު
ހާފިޒުން ދަސްވެނިވުމަށް ފުރަތަމަ ފަހަރަށް ހާއްސަ ހަފުލާއެއް
ހާފިޒުކަމުގެ ތާޖު ލިބުނު މީހަކަށް ރައީސް ޑރ، މުހައްމަދު މުއިއްޒު، ތާޖު ހަވާލުކޮށްދެއްވަނީ
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހާފިޒުން ދަސްވެނިވުމަށް ޚާއްސަކޮށްގެން ބާއްވާ ހަފްލާ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ އޮންނާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މީގެ ކުރީން ހާފިޒު ކަމުގެ ތާޖު ހަވާލު ކުރަނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ނުވަތަ ގައުމީ ދުވަހާއި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގެ ތެރޭގަ އެވެ. އެކަމަށް ހާއްސަ ޖަލްސާއެއް ނުބާއްވަ އެވެ.

ނަމަވެސް ހާފިޒުކަމުގެ ތާޖު ދޭ ހަފުލާ އަކީ ވަކިން ބާއްވާ ގައުމީ ފެންވަރުގެ ބޮޑު ހަފުލާއަކަށް ހައްދަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިދިޔަ އަހަރު ވަނީ ވިދާޅުވެފައި އެވެ.

ޑރ. ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ހާފިޒުން ދަސްވެނިވުމަށް ބާއްވާ ފުރަތަމަ ހަފްލާ ރޯދަ މަހުގެ 27 ވިލޭރޭ ބާއްވާ ގޮތައް ނިންމާފައިވާ ކަމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި އެ ހަފްލާގައި 20-25 އާ ދެމެދު އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ އެވެ.  

މީގެއިތުރުން ޙާފިޒުންނަށްދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ގަބޫލުކުރާ މިންގަނޑަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އަދި ޙާފިޒުން ޢުމްރާއަށް ފޮނުވުމުގެ ހާއްސަ މަޝްރޫއެއްވެސް ސަރުކާރުން ވަނީ ފަށްޓަވާފަ އެވެ. އަދި ކޮންމެ ދަރަޖައެއްގައި ހާފިޒަކު ފާސްވި ނަމަވެސް، ރައީސްގެ ހާއްސަ މެޑަލް ދެއްވާގޮތަށް ސަރުކާރުން ވަނީ ނިންމަވާފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު