ޚަބަރު
ބޮޑުގެ ވަގުތީ މިސްކިތް ތަޅާލައި ތިން ބުރީގެ މިސްކިތެއް އަޅަނީ
މާފަންނު "ބޮޑުގެ" ވަގުތީ މިސްކިތް ހުރި ތަނުގައި ޒަމާނީ ފެންވަރުގެ ތިން ބުރީގެ މިސްކިތެއް އެޅުމަށް ނިންމައިފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ މި މިސްކިތް އަޅާނީ ޤުރުއާނުގެ އިލްމު އުނގަންނައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީވެސް ހިމަނައިގެން ކަމަށެވެ.

ރަމަޟާން މަހުގެ ފަހުން ވަގުތީ މިސްކިތް ތަޅާލައި އާ މިސްކިތުގެ އެޅުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"މި މިސްކިތް އަޅަނީ މިނިސްޓްރީއާ ހެޔޮ އެދޭ ފަރާތްތަކެއް ގުޅިގެން،" ޝަހީމް އިތުރަށް ސާފުކޮށްލަ ދެއްވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު