ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ހައްޖުވެރިން ހައްޖަށް ގެންދިއުމަށް މޯލްޑިވިއަންއާ އެކު އެއްބަސްވެއްޖެ
އިސްމާއިލް ރިޒާ
17 ފެބުރުއަރީ 2025 - 18:17
0
comments
Tweet
Telegram
ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ދާ ޙައްޖުވެރިންގެ ވައިގެ ދަތުރުތައް ހަމަޖެއްސުމަށް ޙައްޖު ކޯޕަރޭޝަނާއި ޤައުމީ އެއާލައިން މޯލްޑިވިއަންއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އެވެ. މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަހަރުތަކެއް ފަހުން ދިވެހި ހާޖީން، ދިވެހިންގެ އަމިއްލަ އެއާލައިނެއްގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބިފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކްމަތްތެރި ސިޔާސަތުތަކުގެ ސަބަބުން ގައުމީ އެއާލައިނަށް އައިސްފައިވާ ބޮޑު ކުރިއެރުމުގެ ސަބަބުން ކަމަށެވެ.
"މިކަން ހަގީގަތަކަށް ހެއްދެވުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީންގެ ފަރާތުން ލިބިލެއްވި އެހީތެރިކަމަށް އެމަނިކުފާނަށް ޝުކުރު ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.
މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން މިއަހަރު ރާއްޖެއިން ޙައްޖަށް ދަތުރުކުރާ ހައްޖާޖީންގެ 50ޕަސަންޓު މީހުން އުފުލާނީ މޯލްޑިވިއަންއިންކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓު މިދިޔަ ޖެނުއަރީ މަހު ވަނީ ރާއްޖެ ގެނެސް ދަތުރުތައް ފަށައިފަ އެވެ. އެއީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހުގައި ދަތުރު ކުރެވޭނެ އެވެ. ދިގު ދަތުރުތައް ކުރުމުގެ ގާބިލްކަން ހުރި އެ ބޯޓުގައި ޓްރާންސިޓު ނުކޮށް، ދަތުރު ކުރެވޭނެ އެވެ. އެ ބޯޓުން 10 ޓަނުގެ ކާގޯ އުފުލޭނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ގަޑިއިރު ކުރިން
0
ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި
20 ގަޑިއިރު ކުރިން
0
އެއާބަސް އޭ330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް
15 ދުވަސް ކުރިން
0
ރާއްޖެ އަކީ ހައްދު ފަހަނައެޅި ގައުމެެއް ނޫން: ޝަހީމް
25 ދުވަސް ކުރިން
0
މޯލްޑިވިއަނުން އިތުރު ވައިޑް ބޮޑީ ބޯޓެއް ހޯދަން އިއުލާންކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގާޒާއަށް އިންސާނީ އެހީ ވެއްދުން އިޒްރޭލުން ހުއްޓުވުން، ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
1 ގަޑިއިރު ކުރިން
0
ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި
2 ގަޑިއިރު ކުރިން
0
މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިޓާލީ އެ މަގާމުން ވަކިކޮށްފި
2 ގަޑިއިރު ކުރިން
0
މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ
8 ގަޑިއިރު ކުރިން
0