ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ގައްދޫ ދާއިރާގައި ސަރުކާރު ކެންޑިޑޭޓަކު ހުއްޓައި ދެ މިނިސްޓަރުން އަމިއްލަ ކެންޑިޑޭޓުގެ ކެމްޕޭނުގައި..!
އަލީ ރާޒީ
09 ފެބުރުއަރީ 2024 - 20:14
0
comments
Tweet
Telegram
އެޑިޔުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއު ގައްދޫ އަދި ވާދޫއަށް ވަޑައިގެންނެވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.މުހައްމަދު ޝަހީމް އާއި އެކު، އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރާ ކެނޑިޑޭޓް، ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، މުހައްމަދު އަލީގެ ކެމްޕެއިނަށް ކަމަށް ބެލެވެ އެވެ.
މިދިޔަ މަހު 27 ގައި އޮތް ޕީއެންސީގެ ޕްރައިމަރީގައި ގައްދޫ ދާއިރާގެ މަޖިލިސް ޓިކެޓު ކާމިޔާބު ކުރީ މުހައްމަދު ޝަފީގު (މަހާ) އެވެ. ނަމަވެސް އެ ދާއިރާއަށް އެޑިއުކޭޝަން މިނިސްޓަރު، ޝަފީއުއާ އާއިލީ ގޮތުން ގުޅުން އޮންނަ، މުހައްމަދު އަލީ ވަނީ އަމިއްލަ ގޮތުން ކުރިމަތިލައި އޭނާއަކީ ސަރުކާރު އެންޑޯޒް ކުރާ ކެންޑިޑޭޓު ކަމަށް އެ ދާއިރާގެ ރައްޔިތުން ގާތު ބުނެ ކެމްޕޭނު ފަށައިފަ އެވެ.
އިތުރަށް ކިޔާލަން:
ސަރުކާރާއި ދެކޮޅަށް 2 ވަޒީރަކު އަމިއްލަ ގޮތުން ގައްދޫ ދާއިރާއަށް ކެނޑިޑޭޓަކު ނެރެނީ!
މިކަމާއި ގުޅިގެން ސަރުކާރުގެ ކެންޑިޑޭޓްކަމަށް ދައްކަވާ ކުރައްވާ މަސައްކަތްޕުޅުތަކަށް، ގައްދޫ ރައްޔިތުންގެ ހިތްހަމަނުޖެހުން ވަރަށްބޮޑަށް މިދަތުރުފުޅުން ހާމަވެގެން ދިޔަތަން ފެނިގެންދިޔަ އެވެ.
މީގެ އިތުރުން ވާދޫގެ ރައްޔިތުންވެސް ފާޅުކަން ބޮޑު ގޮތެއްގައި މިކަމާއި ދެކޮޅަށް އަޑު އުފުލަމުން ދިޔަ ވީޑިއޯތަށް ވަނީ ދައުރުވެފަ އެވެ.
އެ ދާއިރާގެ ޕީއެންސީގެ ޓިކެޓް ލިބިވަޑައިގެންނެވި މަހުމޫދު ޝަފީގު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ފުރިހަމަ ތާއީދާއި ސަޕޯޓް އޭނާއަށް އެބަ އޮތް ކަމަށާއި އަދި އެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވާފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު ގދ. ގައްދޫއަށާއި އެއަތޮޅު ވާދޫއަށް ވަޑައިގެން އުޅުއްވަނީ ޕީއެންސީ ޓިކެޓްގައި، އެ ދާއިރާގެ ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ކުރެއްވި މަހުމޫދު ޝަފީގް (މަހާ) އާއި "ދެކޮޅު" ހަރަކާތެއްގައި އެވެ. މިކަމާ ގުޅޭ ގޮތުން ޕީއެންސީގެ ރަސްމީ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އެ ޕާޓީގެ ބަހެއް އަދި ނުލިބެ އެވެ.
ޑރ. ޝަހީމް ގައްދޫއަށް ވަޑައިގެންނެވިއިރު، އޭނާއަށް މަރުހަބާ ދެންނެވުމަށް އެރަށު ރައްޔިތުންގެ ތެރެއިން ޕީޕީއެމް/ޕީއެންސީގެ ބައެއް ސަޕޯޓަރުން ބަނދަރު މައްޗަށް ނުކުމެ ތިއްބެވެ. އެ މީހުންގެ ތެރޭގައި މި ސަރުކާރު ގެނައުމަށް އަތޮޅު ފެންވަރުގައްޔާއި ރަށު ފެންވަރުގައި މަސައްކަތް ކުރި ގައްދޫގެ ޒުވާނުން ވެސް ތިއްބެވެ.
ނަމަވެސް އެމީހުން ބަނދަރު މައްޗަށް ނުކުމެ ތިބީ ހަމައެކަނި ޝަހީމްއަށް މަރުހަބާ ދަންނަވާކަށް ނޫނެވެ. އެމީހުން އެތަނަށް ގޮސް ތިބީ ރިޔާސީ ކެމްޕޭނުގައި ރައީސް ޔާމީނަށް ހާއްސަކޮށް ޕީއެންސީ/ޕީޕީއެމްގެ ކެމްޕޭނުގައި ބެހެއްޓި ހުސް ގޮނޑީގެ ގޮނޑިއެއް ވެސް ހިފައިގެންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
14 ގަޑިއިރު ކުރިން
0
ގދ. ގަމުގައި އިންވެސްޓުކުރަން ހުޅުވާލައިފި
14 ގަޑިއިރު ކުރިން
0
ހާފިޒުން ދަސްވެނިވުމަށް ފުރަތަމަ ފަހަރަށް ހާއްސަ ހަފުލާއެއް
7 ދުވަސް ކުރިން
0
ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި
14 ދުވަސް ކުރިން
0
ދިރާސީ އާ އަހަރު ފަށާނީ އޭޕްރީލް ހަތެއްގައި
ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފަލަސްތީނުގެ ގާޒާއިން މުޅިން ހެން ކަރަންޓު ކަނޑާލަން އިޒްރޭލުން މަސައްކަތް ކުރަނީ
35 މިނެޓް ކުރިން
0
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ބަހައްޓަނީ
48 މިނެޓް ކުރިން
0
އައްޑޫ އިން ކަރަންޓު ކެނޑޭތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
1 ގަޑިއިރު ކުރިން
0
ބީއެމްއެލް ޕްރޮމޯޝަން: ޗެމްޕިއަންސް ލީގު ފައިނަލުގައި ދަނޑަށް އެރުމުގެ ފުރުސަތު
14 ގަޑިއިރު ކުރިން
0