ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދީން
ރޯދައިގެ ހިކުމަތް
އިބްރާހިމް އާދަމް
07 މާޗް 2025 - 15:00
0
comments
Tweet
Telegram
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ "ރޯދައިގެ ހިކުމަތް"، މި މައުޟޫއުގެ މައްޗަށެވެ.
ހުކުރު
ހުތުބާގައި ބުނީ
، ﷲ سُبْحَانَهُ وَتَعَالَى އެކަލާނގެ ޛާތުފުޅަށް ނިސްބަތް ކުރައްވައިފައިވާ ސިފަފުޅުތަކުގެ ތެރެއިން، އެއް ސިފަފުޅަކީ، ހިކުމަތްވަންތަކަން ކަމަށެވެ. އަދި އެކަލާނގެ އެންމެހައި ޙުކުމްފުޅުތަކެއް ކަނޑައަޅުއްވައިފައިވަނީ، މަތިވެރިވެގެންވާ ޙިކުމަތާ އެކު ނުހަނުފުރިހަމަ ގޮތުގައި ކަމަށާއި ﷲ ހަލްޤުކުރެއްވި ކޮންމެ އެއްޗަކުން ވެސް އަހަރެމެންނަށް ފެންނަނީ، ހިކުމަތްވަންތަކަމުގެ އިންތިހާ ކަމަށްވެސް
ހުތުބާގައި ބުންނެވެ.
ހުތުބާގައި ބުނެފައި ވަނީ ރޯދައަކީ ﷲتَعَالَىގެ އަމުރުފުޅުތައް ޤާއިމުކޮށް، އެކަލާނގެއަށް ކިޔަމަންތެރިވުމާއި، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެ ބޮޑަށް އެހީވެދޭ އެއް އަޅުކަން ކަމަށެެވެ.
ހުތުބާގައި ބުނީ ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި، ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނޭ ކަމަށާއި ރޯދައަށް ހުންނަ އިރު، ކެއިންބުއިމާއި އެންމެހައި ޝަހުވާނީ އެދުންތަކުން، އޭނާގެ ނަފުސު ހިފަހައްޓާ ކަމަށެވެ. އަދި މާތްﷲ ހުއްދަކުރައްވައިފައިވާ ބައެއް ނިއުމަތްތަކާ ކުޑަ ވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިއުމަތްތަކުގެ އަގު ވަޒަންކުރާން ދަސްވާ ކަމަށް ހުތުބާގައި ބުންޏެވެ.
"ވަރަށް ގިނަ ފަހަރަށް ނިއުމަތެއްގެ އަގު ވަޒަންކުރެވެނީ، އެ ނިއުމަތެއް ބީވެ ދިއުމުންނެވެ. ރޯދައިގެ ސަބަބުން، ﷲ تَعَالَى އިންސާނާއަށް ދެއްވި ނިއުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިއުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގު ފަހިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގައި، އަވަށްޓެރީންނަށް ކަމޭހިތުމާއި، ނިކަމެތީންނަށް ހެޔޮފޯރުވުމާއި، ފަގީރުންގެ ހާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަނެއެވެ..،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ސިއްރާއި ފާޅުގައި، ތިމާ ކުރާ އަމަލުތައް މާތްﷲ ބައްލަވައިވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޒީބުކުރުން ކަމަށާއި ރޯދައަކީ، ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެއް ކަމަށެވެ.
މިއަދު މާބޮޑު ކަމެއްގެ ގޮތުގައި ނުދެކި އަހަރެމެންނަށް އަރައިގަނެވޭ އެންމެބޮޑު އެއް ފާފައަކީ ދެބައޮޑުވުމާއި، ޣީބަބުނުމާއި، ދޮގުވާހަކަތަކާއި، ހަޑިހުތުރު ބަސްތަކުން މީސްތަކުންގެ އަބުރަށް އަރައިގަނެ އުނދަގޫ ކުރުން ކަމަށް ޚުތުބާގައި ބުންޏެވެ. ޚާއްސަކޮށް މީސްމީޑިޔާގެ މަންސަތަކުގައި އަހަރެމެން މިއަދު އެ ކަންކަން ކުރަނީ ފާޅުކަން ބޮޑު ގޮތެއްގައި އެއްވެސް ޖެހިލުމެއްނެތި ކަމަށާއި އެއީ މާތްﷲ ހަރާމްކުރައްވައިފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ.
ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ، ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުމެވެ. ނަތީޖާއެއްގެ ގޮތުން ޝައިޠާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދީ، ހެޔޮ އަމަލުތަކުގައި މީހާ މަޝްއޫލުކުރުވައި، ނުބައި އަމަލުތަކާ އޭނާ ދުރުހެލިކުރުވާ ކަމަށް ޚުތުބާގައި ބުންޏެވެ. ނަމަވެސް ރޯދަ ފަރުޟުކުރެވުނު ޙިކުމަތާއި، އޭގެ ފައިދާ ހާސިލުކުރެވޭނީ މާތްﷲ އެންގެވިގޮތަށް ރޯދަ ހިފައި، ރޯދަ ހިފުމުގައި ކީރިތި ރަސޫލާގެ ސުންނަތަށް ތަބައަވެގެން ކަމަށް ހުތުބާގައި ބުންޏެވެ.
"އަދި ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއް ބަޔަކަށް ނުރުހޭކަހަލަ لقبތަކުން ނުގޮވާށެވެ! إيمانވުމަށްފަހުفاسقވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبةނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރީންނެވެ.". މާތް ﷲވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
މި ކަންކަމުން ތިމާ ދުރުހެލިކޮށްނުދޭ ނަމަ، މި ހިފާ ރޯދައިގެ ބޭނުމެއް ފަހެ ކޮބައިތޯ ޚުތުބާގައި ސުވާލު އުފައްދާފައި ވެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
އެއްވެސް މީހަކު އަމިއްލަ އަމިއްލައަށް ރޯދަ އާއި އީދު އިއުލާނު ނުކުރަން އެދެފި
2 މަސް ކުރިން
0
ރަމަޟާން މަހަށް ފަހު ހެޔޮ އަމަލުކުރުން މަތީ ދެމިތިބޭށެވެ
2 މަސް ކުރިން
0
އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު ޒަކާތް ދެއްކޭނެ
2 މަސް ކުރިން
0
ލައިލަތުލްޤަދްރި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ނިންމާލައިފި
2 ގަޑިއިރު ކުރިން
0
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދިޔައީ ސުއޫދު: އުޝާމް
2 ގަޑިއިރު ކުރިން
0
މިނިސްޓަރު ހަލީލް ކުވައިތަށް ފުރާވަޑައިގެންފި
3 ގަޑިއިރު ކުރިން
0
ނަޑެއްލާ އިން ގެއްލުނު މީހާ ފެނިއްޖެ
4 ގަޑިއިރު ކުރިން
0