ވިޔަފާރި
ރޯދަމަހު ހުޅުމާލޭ ސިޓީ ހޮޓާ ސައިޓުގައި ހޯލްސޭލްކޮށް މުދާ ދޫކުރާނެ: އެސްޓީއޯ
އެސްޓީއޯއިން ހަދަމުންދާ ޓޫރިސްޓް ހޮޓެލް ސައިޓުން މި ރޯދަ މަހު ހޯލްސޭލްކޮށް މުދާ ދޫކުރާނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޝިމާދު މިހެން ވިދާޅުވީ "ރޯދައަށް ތައްޔާރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ހުޅުމާލެއަކީ އެސްޓީއޯއިން މާލޭގައި ފިހާރަ ހިންގާ އުސޫލުން ފިހާރަ ހިންގާ ތަނެއްނޫންކަން ފާހަގަކުރައްވާ ޝިމާދު ވިދާޅުވީ، އެ ކުންފުނިން މަސައްކަތްކުރަނީ ހުޅުމާލޭގައި ތިބޭ ފިހާރަތަކާ ގުޅިގެން ރައްޔިތުންނަށް މުދާ ފޯރުކޮށްދޭންކަމަށެވެ. އަދި އެސްޓީއޯގެ ބަރާންޗުތައް މިހާރު ރާއްޖޭގެ 11 ރަށެއްގައި ހުރިކަން ފާހަަކުރައްވާ ޝިމާދު ވިދާޅުވީ، އެސްޓީއޯއިން އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ތަކެތީގެ އަގު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

ރޯދައަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުންތަކުގެ މަޝްވަރާއަށްފަހު ރޯދަމަސް ފެށުމުގެ މާކުރިންވެސް ބައެއް ޝިޕްމަންޓްތައް ގެނެސްފައިވާކަމަށް ޝިމާދު ވިދާޅުވިއެވެ. އަދި ކާޑުގެ ބާވަތްތައް ފިޔަވާ އެހެނިހެން ބާވަތްތައް ސީދާ މާކެޓަށް ނުނެރޭނެކަމަށާއި، ކާށި ފަދަ ބާވަތްތައް އެސްޓީއޯއިން ހޯލްސޭލްކޮށް ނުވިއްކާނެކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.

"ތަކެތީގެ އެވޭލަބިލީޓައް ބަލާއިރު އަޅުގަނޑުމެންގެ ޕްރެޒެންސް އެބަހުރި 11 ރަށެއްގައި ދެން މާލެ ހުރީ އެސްޓީއޯ ސުޕާ މާކެޓް އޭގެ އިތުރުން އިންޑަސްޑްރިއަލް ސަރަހައްދުގައި ހުންނަ ފިހާރައަކުން ހޯލް ސޭލް ކުރަން، ބޮޑަށް މި ބަލަނީ ހުޅުމާލެގައި ހުންނަ ފިހާރަތަކާއި ގުޅިގެން ރައްޔިޔުންނަށް މުދާ ފޯރުކޮށްދެވޭތޯ. މި ރޯދަ މަހު ރިއުއެސްޓަކާއި ގުޅިގެން އެސްޓީއޯއިން ހަދަމުންދާ ހޮޓެލް ސައިޓްގައި ހޯލްސޭލްކޮށް މުދާ ދޫކުރަމުން ދަނީ." ޝިމާދު ވިދާޅުވި އެވެ.

ޝިމާދް ވިދާޅުވީ ބައެއް މުދާތަކަކީ ހޯލް ސޭލްކޮށް ދޫނުކުރާ މުދާތައް ކަމަށެވެ. މިސާލަކަށް ވިދާޅުވީ ކާށީގެ ވާހަކައެވެ. ޑިމާންޑް އޮތް މިންވަރަށާއި އަދި އަގު ކޮންޓްރޯލްކުރުމަށްޓަކައި ގަސްދުކުރަނީ ކާށި ރީޓެއިލް ކުރަން ކަމަށް ވިދާޅުވިއެވެ. އަދި ފިޔާ އަލުވި ބިސް ހޯލްސޭލްކޮށް ވިއްކާނެ ކަމަށް ވިދާޅުވި އެވެ.

ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، އެފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯ އިން އަބަދުވެސް ގެންގުޅޭ އަމާޒެކެވެ. އަދި އެތަކެތީގެ އަގު ކަނޑައަޅާފައި ވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށްގެންނެވެ. އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާއި ގުޅިގެން އެސްޓީއޯ އިން ވިއްކާއަގަށްވެސް ބަދަލު ގެނެވޭނެ އެވެ.

ފިޔާ، އަލުވި، އަދި ބިސް ވިއްކާއަގަށް ގެނެސްފައިވާ ބަދަލުތައް:

ފިޔާ: ބަސްތާއެއް 335 ރުފިޔާއަށް، އަދި ކިލޯއެއް 14 ރުފިޔާއަށް

ބިސް: ކޭހެއް 350 ރުފިޔާއަށް، އަދި ވަކިން 2 ރުފިޔާއަށް

އަލުވި: ބަސްތާއެއް 515 ރުފިޔާއަށް، އަދި ކިލޯއެއް 25 ރުފިޔާއަށް

އެސްޓީއޯ އިން މިއަދު ވަނީ ބާޒާރަށް ތާޒާ ލޮނުމެދު ވެސް މިހާރު ނެރެފަ އެވެ. ލޮނުމެދު މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 45 ރުފިޔާއަށް ކިލޯއަށެވެ. ލޮނުމެދު ލިބެންހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު