ޚަބަރު
ބޯ ވިއްސާރައާ އެކު އޮރެންޖު އިންޒާރު ނެރެފި
މޫސުން ވަރަށް ބޮޑަށް ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ އިދާރާ އިން މިރޭ އޮރެންޖު އެލާޓް ނެރެފި އެވެ.

މެޓުން އޮރެންޖު އެލާޓް ނެރެފައިވަނީ މިރޭ 12 ޖެހުމާ ހަމައަށެވެ. އެ ސަރަހައްދުތަކަށް ގުގުރުމާ އެކު ވަރަށް ބޯކޮށް ވާރޭވެހި، ފެން ބޮޑުވާނެ ކަމަށް އެ އެލާޓްގައި ލަފާކޮށްފައިވެ އެވެ.

މި ދެ ދުވަހު މާލެއަށް ވެސް ބޯކޮށް ވާރޭވެހެމުންދާއިރު، މިއަދު ވެސް ގިނަ އިރުތަކެއް ވަންދެން މެދުނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.

ކުރިއަށް އޮތް ދެތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލަފާކޮށްފައެވެ. އެހެންވެ، ރައްޔިތުންނަށް ދިމާވެދާނެ ތަކުލީފުތައް ކުޑަކުރުމަށް ޓަކައި ސަރުކާރުގެ މުއައްސަސާތަކުން މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން، ހީނާ ވަލީދު އިއްޔެ ވިދާޅުވިއެވެ.

މޫސުން އަލިވާނެ ކަމަށް މެޓުން ލަފާކުރަނީ ހޯމަ ދުވަހަށެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު