ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މާލެ ސަރަހައްދުގެ 4 ހޮސްޕިޓަލުގެ އޯޕީޑީ މިއަދު ބަންދުވާނެ
އަލީ ރާޒީ
02 މާޗް 2025 - 12:36
0
comments
Tweet
Telegram
މޫސުން ގޯސްވެ، މާލެ ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލްގެ އޯޕީޑީ މިއަދު ބަންދުކޮށްފި އެވެ.
އެ ހަތަރު ހޮސްޕިޓަލްގެ އޯޕީޑީ ހިދުމަތް މިއަދު ބަންދުކަން އަންގައި އައިޖީއެމްއެޗުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައިވާ ގޮތުން، އެ ހޮސްޕިޓަލުތަކުގެ އޯޕީޑީ ބަންދުކުރަން ނިންމީ ވިއްސާރައިގެ ސަބަބުން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވުމާ އަދި ހޮސްޕިޓަލް ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން ބަލިމީހުންނަށް ހޮސްޕިޓަލަށް ދަތުރުކުރުމުގައި ތަކުލީފަކަށް ވާނެތީ ކަމަށެވެ.
އެ ހޮސްޕިޓަލުތަކުގެ އޯޕީޑީ ބަންދުވި ނަމަވެސް، އިން-ޕޭޝަންޓް (އައިޕީޑީ) އަދި އިމަޖެންސީ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ އެވެ.
އިތުރު މައުލޫމާތު ހޯދަމަށް ގުޅާނީ 3335335 އަށެވެ.
މޫސުން ގޯސްވެ، ރެއާއި އިއްޔެ ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ، ގެތަކުން ނަޖިސް ބޭރުވުމާ ގުޅިގެން ހަތަރު ގެއަކުން 40 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވެސް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ފޯރުކޮށްދީފައެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްތަކުގައި ވެސް އިއްޔެ ވަނީ ފެންބޮޑުވެފަ އެވެ.
ކުރިއަށް އޮތް ދެތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލަފާކޮށްފައެވެ. މޫސުން އަލިވާނެ ކަމަށް މެޓުން ލަފާކުރަނީ މާދަމާއަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރޭ މޫސުން ގޯސްވެ، މެދުރާއްޖެތެރެއަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖު ސަމާލު ވެސް ނެރުނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
19 ދުވަސް ކުރިން
0
75 އެނދާއެކު، އައިޖީއެމްއެޗުގެ މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގް ހުޅުވައިފި
1 މަސް ކުރިން
0
ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް
1 މަސް ކުރިން
0
ފުލުސް ތަމްރީނުގައި އުޅެނިކޮށް ހާލު ދެރަވި މީހާ މަރުވެއްޖެ
1 މަސް ކުރިން
0
ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ: މެޓު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޓަޔާކުރާ އުއްތަމަފަނޑިޔާރަށް މަހަކު 70،000ރ. ދޭން އުޅޭތީ ބަހުސް ހޫނުވެއްޖެ
7 ގަޑިއިރު ކުރިން
0
ޖެމްކިޔު ސްކީމަކީ ހީލަތެއް: ޕޮލިސް/ސީއެމްޑީއޭ
7 ގަޑިއިރު ކުރިން
0
ކުލި ނުދައްކާ ފުލެޓުތަކަށް ނޯޓިސް ފޮނުވަން ފަށައިފި
14 ގަޑިއިރު ކުރިން
0
ޓެކާސް ދިރާގު ރިޒޯޓް ކަޕް މިއަދު ފަށައިފި
14 ގަޑިއިރު ކުރިން
0