ޚަބަރު
ފުލުސް ތަމްރީނުގައި އުޅެނިކޮށް ހާލު ދެރަވި މީހާ މަރުވެއްޖެ
ފުލުހުންގެ ތަމްރީނުގައި އުޅެނިކޮށް ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހާ މިއަދު ހަވީރު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ޕޮލިސް ކޮންސްޓަބްލް ހުސައިން ގާއިސް، 34، މަރުވީ އައިޖީއެމްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

ގާއިސް ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އޭނާ ދިޔައީ ފުލުހުންގެ 40 ވަނަ އިނީޝިއަލް ޓްރެނިން ކޯހުގައި ތަމްރީން ފުރިހަމަކުރަމުން ކަމަށް ފުލުހުން ބުންޏެވެ. އެ ތަމްރީން ފުރިހަމަ ކުރަމުންދަނިކޮށް، ހާލު ދެރަވީ ކިހިނެއް ވެގެން ކަމެއް ފުލުުން އަދި ހާމައެއް ނުކުރެ އެވެ.

"މަރްހޫމްގެ އާއިލާއަށާއި އެންމެހާ ރައްޓެހިންނަށާއި އެކުގައި ތަމްރީން ފުރިހަމަކުރަމުން ދިޔަ ފުލުހުންނަށް ތައުޒިޔާ ދަންނަވަމެވެ. އަދި މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވަމެވެ،" ފުލުހުންގެ މީޑީއާ ގްރޫޕަށް މިއަދު ފޮނުވި މެސެޖުގައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު