ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކޮތަޅުތަކަކުން ގިނަ އަދަދެއްގެ ސިނގިރޭޓް
އަލީ ރާޒީ
06 މެއި 2025 - 14:02
0
comments
Tweet
Telegram
މަގުމައްޗަށް ދޫކޮށްފައި ދިޔަ ކަޅު ކޮތަޅުތަކަކުން، ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސިނގިރޭޓް ފުލުހުން ރޭ ހޯދައިފި އެވެ.
ފުލުހުންގެ އިދާރާ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ތިން ފިރިހެނުން ކަމަށެވެ.
ސިނގިރެޓް ފޮށިތައް ފެނިފައިވަނީ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން ކަޅު ކުލައިގެ ތިން ކޮތަޅު މަގުމައްޗަށް ދޫކޮށްލާފައި ދިއުމުން އެ ޕިކަޕް ބެލި އިރު އޭގެ ތެރެއިންނެވެ.
ފުލުހުންނަށް 221 ފޮށި ސިނގިރެޓް ފެނިފައިވާ ކަމަށްވެސް ބުންޏެވެ.
މިދިޔަ މަހުގެ ފަހުކޮޅު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު، ޕުލައިވުޑް ޝިޕްމެންޓެއްގައި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވެ އެވެ.
ފާސްކުރުމުގެ ތެރޭގައި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައި ވެ އެވެ. އެއީ ޖުމްލަ 13،600،000 ސިނގިރޭޓެވެ. ނަމަވެސް، އެތަކެތި އެތެރެކުރި ކުންފުނީގެ ނަމެއް ކަސްޓަމްސްއިން ހާމައެއް ނުކުރެ އެވެ.
ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ މިސަރުކާރުގައި ބޮޑުކުރި ފަހުން ވަގަށް ސިނގިރޭޓް އެތެރެކުރުން ވަނީ އިތުރުވެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
ފުލުސް ތަމްރީނުގައި އުޅެނިކޮށް ހާލު ދެރަވި މީހާ މަރުވެއްޖެ
3 ދުވަސް ކުރިން
0
މާލޭގައި 40 އަހަރުގެ މީހަކަށް ވަޅިން ހަމަލާދީފި
3 ދުވަސް ކުރިން
0
ތަހުގީގުތަކާމެދު ކަންބޮޑުވުން ފާޅުކުރަނިކޮށް ހޯމިސައިޑް ޑިޕާޓުމަންޓު ވެރިޔާގެ މަގާމުން ސާމިހު ވަކިކޮށްފި
4 ދުވަސް ކުރިން
0
މަސްތުގެ ހާލަތުގައި ލޯންޗު ދުއްވަނިކޮށް އެކްސިޑެންޓުވެގެން މީހަކު ހައްޔަރުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރަނީ
11 ގަޑިއިރު ކުރިން
0
އުރީދޫ ނޭޝަން އިންޓަ ރިސޯޓު ޗެމްޕިއަންޝިޕް މާދަމާ ފަށަނީ
11 ގަޑިއިރު ކުރިން
0
ރައީސް ވިދާޅުވަނީ މޯލްޑިވްސް 2.0 އާ އެކު ކޮރަޕްޝަން ނައްތާލެވޭނެ ކަމަށް
11 ގަޑިއިރު ކުރިން
0
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި
11 ގަޑިއިރު ކުރިން
0