ޚަބަރު
ރާއްޖޭގެ ރަށަކަށް 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް
މާލޭ ސަރަހައްދުގެ ސްޓޭޝަން ހަލާކުވެފައި ހުރުމުން، މާލެއަށް ކުރި ވިއްސާރައިގެ މިންވަރު ރެކޯޑު ނުކުރެވޭ
މިދިޔަ 30 އަހަރުގެ ތެރޭގައި ރާއްޖޭގެ ރަށަކަށް ނުކުރާ ވަރަށް ވިއްސާރަ، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކ. ދިއްފުއްޓަށް ކޮށްފި އެވެ.

މީގެ ކުރިން އެންމެ ބޯކޮށް 24 ގަޑިއިރެއްގެ ތެރޭގައި ވާރޭ ވެހިފައި ވަނީ މިދިޔަ އޯގަސްޓު 12، 2024، ގައި ހއ. ކެލާ އަށެވެ. އެ ދުވަހު އެ ރަށަށް 24 ގަޑިއިރު ތެރޭގައި 231.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެއަށް ވެސް ވަރަށް ބޯކޮށް ވާރޭވެހި ބޮޑު ބައެއްގައި ފެންބޮޑުވި އެވެ. ނަމަވެސް މާލެއަށް ކުރި ވިއްސާރައިގެ ތަފުސީލު އަދި މެޓު އޮފީހުން އާންމެއް ނުކުރެ އެވެ.

މާލެއަށް ކުރި ވިއްސާރައާ ގުޅިގެން މިހައިތަނަށް 40 މީހަކު ވަނީ ރައްކާތެެރި ތަންތަނަށް ބަދަލުކޮށްފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން ސަރުކާރުގެ އޮފީސްތައް ވެސް މިއަދު ވަނީ ބަންދުކޮށްފަ އެވެ.

މެޓުން ބުނީ މާލޭ ސަރަހައްދުގެ ސްޓޭޝަން ހަލާކުވެފައި ހުރުމުން، މާލެއަށް ކުރި ވިއްސާރައިގެ މިންވަރު ރެކޯޑު ނުކުރެވޭ ކަމަށެވެ. އެކަމަކު ރޭ މާލެއަށް ކުރި ވިއްސާރައިގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވި އެވެ.

ރާއްޖެއަށް މިހާރު ކުރާ މި ފަދަ ވިއްސާރަ، މޫސުމާ ބެހޭ ތަޖުރިބާކާރުން ގުޅުވާލަނީ މޫސުމަށް އަންނަ ބަދަލުތަކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު