ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ނާޒިމްގެ ވިދާޅުވުމެއް ؛ މި ސަރުކާރުން ފައިސާ ޗާޕް ކުރާނީ ޒިންމާދާރުކޮށް
ހަސަން ހަލީމް
12 މާޗް 2025 - 15:08
0
comments
Tweet
Telegram
ދައުރުވާ ފައިސާގެ ތެރެއަށް އިތުރު ރުފިޔާ ނެރުން ނުވަތަ ފައިސާ އަލުން ޗާޕް ކުރި ނަމަވެސް މި ސަރުކާރުން އެކަން ކުރާނީ ޒިންމާދާރުކަމާ އެކުގައި ކަމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުން އަންނަނީ، މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައިގެން 15 ބިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރަމުންނެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވަނީ މި ސަރުކާރުން ފައިސާ ޗާޕުކުރި ނަމަވެސް އެކަން ކުރާނީ ނިމިދިޔަ ސަރުކާރުހާ ޒިންމާދާރުކޮށް ނޫން ކަމަށް ވިދާޅުވެފަ އެވެ.
"މި ސަރުކާރަކީ އެހާ ޒިންމާދާކުރަން ކުޑަކޮށް އެކަން ކުރާނެ ސަރުކާރެއް ނޫން. އެމްޑީޕީ ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކޮށްފަ އިންޖެކްޓުކޮށްފަ ވެއްޖެ. އަޅުގަނޑަށް ޔަގީން މި ސަރުކާރުން އެގޮތަށް އެކަަން ނުކުރާނެކަން،" ނާޒިމް ވިދާޅުވި އެވެ.
އެމްއެމްއޭ އަކީ އޭގެ ޒާތުގައި ބޭންކެއް ކަމަށާއި އެބޭފުޅުންނަށް ނަފާވާނެ ގޮތަކަށް ބިން ގަތުމާއި އެސެޓު ގަތުން ދޫކޮށްލަން ޖެހޭނީ އެ އިދާރާއަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން، ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ދަރަނި ހުރުމުން، އާމްދަނީއެއް ލިބިއްޖެ ކަމަށްވާނަމަ ސަރުކާރުން ފުރަތަމަ ނިންމާނީ އެ ދަރަނި އަދާކުރަން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ސަރުކާރުން މިހާރު އެވަނީ 150 މިލިއަން ޑޮލަރު ދައްކާފައި، އެ ވަރުގެ ފިސްކަލް ސްޕޭސް ހޯދައިފައި. އެ އަދަދަށް ސްޕޭސް އޮތް ވަރަކަށް ސަރުކާރުން ލާރި ނެރޭނީ،" އޭނާ ވިދާޅުވިއެވެ.
"1000 ފަހަރު ދޮގު ހެދީމަކާއެއް އެ ތެދަކަށް ނުވާނެ، އެ ވާނީ ހަމަ ދޮގަކަށް. އެހެންވީމަ ކިތަންމެ ވަރަކަށް ދެއްކިޔަސް، އޮންލައިންގައި ލިޔުއްވިޔަސް، ނޫސްތަކުގައި ލިޔުއްވިޔަސް، ކޮންމެ އެއްޗެއްގައި ލިޔުއްވިޔަސް ދޮގު ވާނީ ދޮގަށް. ތީ ހަމަ ކަނޑައެޅިގެން ދޮގެއް. ތި ވިދާޅުވާ އަދަދުތަކަކީ ހަމަ ކަނޑައެޅިގެން ދޮގެއް."
އެމްއެމްއޭން 14 ބިލިއަން ރުފިޔާއަށް ބިމެއް ގަތުމުގެ މުއާމަލާތަކީ މިހާރު ގާނޫނުތަކުގައި ހުރި ހިފެހެެއްޓުންތަކުގެ ބޭރުން ފައިސާ ޗާޕް ކުރުމުގެ އުކުޅެއް ކަމަށް އިގްތިސާދީ ދާއިރާގެ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ. އަދި އެކަމުގެ ސަބަބުން އިގްތިސާދީ އުފެއްދުންތެރިކަމަކާ ނުލާ ދައުރުވާ ފައިސާ އިތުރުވެ ދިވެހި ރުފިޔާގެ އަގު ވެއްޓި ޑޮލަރުގެ އަގު ބޮޑުވެ އިންފްލޭޝަން ބޮޑުވުމުގެ ނުރައްކާ ބޮޑު ކަމަށް އެ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ދުވަސް ކުރިން
0
ރާއްޖެއަށް ދަރަނި ނުދެއްކުމުގެ ބިރު ބޮޑު: ފިޗު ރޭޓިން
21 ދުވަސް ކުރިން
0
އިތުރު ދެ ބޭންކެއް އުފެއްދުމުގެ ހުއްދަ ދީފި
1 މަސް ކުރިން
0
ޑެޕިއުޓީ ގަވަރުނަރަކަށް އަސްނާ އައްޔަނުކުރަން މަޖިލީހުގެ އިއްތިފާގުން ރުހުން ދީފި
1 މަސް ކުރިން
0
އިސްލާމިކް ސޯޝަލް ފައިނޭސިން އިނިޝިއޭޓިވް ލޯންޗްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގު ރިޕޯޓު އާންމުކުރަން ރައީސް އަންގަވައިފި
9 ގަޑިއިރު ކުރިން
0
ކައުންސިލަރުންނަށް ހާއްސަ ހަތީބު ކޯހުގެ 50 ފުރުސަތަށް ހުޅުވާލައިފި
9 ގަޑިއިރު ކުރިން
0
މެޑަމް ސާޖިދާ ޔޫއޭއީއަށް ފުރާވަޑައިގެންފި
10 ގަޑިއިރު ކުރިން
0
ޔުމްނުގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓް ރައީސަށް ފޮނުވައިފި
11 ގަޑިއިރު ކުރިން
0