އިތުރު ދެ ބޭންކެއް އުފެއްދުމުގެ ހުއްދަ ދީފި
އަހުމަދު ނިހާން
27 މެއި 2025 - 22:52
0 comments
ބޭންކިން ހިދުމަތް ފެށުމަށް ބޭނުންވާ ހުއްދަ ދެނީ. --ފޮޓޯ: އެމްއެމްއޭ
ރާއްޖޭގައި ބޭންކިން ޚިދުމަތް ދިނުމަށް ބޭނުންވާ ޕްރީ އޮޕަރޭޝަނަލް ހުއްދަ ހުއްދަ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސްއަށް އެމްއެމްއޭއިން ދީފިއެވެ.
އެމްއެމްއޭއިން ބުނީ، 19 މެއި ގައި ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދީފައިވަނީ، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ބޭންކްގެ ނަމަށް ބަދަލުކުރުމުގެ އިތުރުން، ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކެއް ގާއިމުކުރުމަށް ކަމަށެވެ.މި ދެ ފަރާތަށް ވެސް ދޫކޮށްފައިވަނީ ޓިއާ 1 ބޭންކެއް އުފެއްދުމުގެ ހުއްދަ އެވެ.މި ދެވުނު ހުއްދަތަކާއެކު، ޚިދުމަތް ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭނެ ކަމަށް އެމްއެމްއޭ އިން ކަނޑައަޅާ ޝަރުތުތައް ފުރިހަމަކުރުމުން މި ދެ ފަރާތަށް ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމުގެ ހުއްދަ ދެވޭނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އަދި މިއީ މާލީ ހިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް، އަދި ރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެއް ކަމަށްވެސް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު