ޚަބަރު
އިސްލާމިކް ސޯޝަލް ފައިނޭސިން އިނިޝިއޭޓިވް ލޯންޗްކޮށްފި
މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭސިންގެ އިނީޝީއޭޓިވް (މިސްފީ) އިފުތިތާހުކޮށްފި އެވެ.

ކުރުނބާ ރިސޯޓްގައި ހެނދުނު އޮތް ރަސްމިއްޔާތުގައި އެ އިފުތިތާހުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިސްފީ އަކީ މެލޭޝިއާގެ ބޭންކް އިސްލާމްގެ ސަދަގާ ހައުސްގެ މައްޗަށް ޔުނިވަސިޓީ އޮފް ސެލެންގޯ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ކުރި ދިރާސާތަކަށް ފަހު ލޯންޗްކުރި އިނިޝިއޭޓިވެކެވެ.

"މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭސިންގެ އިނީޝީއޭޓިވް" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙުމަދު މުނައްވަރު ވިދާޅުވީ، މިމަޝްރޫޢަކީ އެމްއެމްއޭގެ 2025 އިން 2027ގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ މުހިއްމު އަމާޒެއްކަމަށެވެ. އަދި މިމަޝްރޫޢަކީ ރާއްޖޭގެ މާލީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދާނެ މަޝްރޫޢެއްކަމަށްވެސް ގަވަރުނަރުވަނީ ވިދާޅުވެފަ އެވެ.

މި ރަސްމިއްޔާތުގައި ޔުނިވަރސިޓީ އިސްލާމް ސެލެންގޯރގެ ވައިސް ޗާންސެލަރ މުޙައްމަދު ފަރީދު ރާވީ ބިން ޢަބްދުﷲ އިސްލާމިކް ފައިނޭންސިންގެ ކާމިޔާބީއާއެކު މުޖުތަމަޢުގައި ނާޒުކު ހާލަތުގައި އުޅޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު