ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ބީއެމްއެލް އިން ހިއްސާއަކަށް 55ރ. ބަހަނީ
އަހުމަދު ނިހާން
19 މާޗް 2025 - 23:42
0
comments
Tweet
Telegram
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހަރުދަނާ މާލީ ނަތީޖާ އެއްކޮށް، ހިއްސާއަކަށް 55 ރުފިޔާގެ މަގުން ޖުމުލަ 296 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމައިފި އެވެ.
ބީއެމްއެލްއިން ބުނީ މިދިޔަ އަހަރުގެ ކާމިޔާބު މާލީ ނަތީޖާގެ ސަބަބުން ހިއްސާއަކަށް 55ރ. ގެ މަގުން ޖުމްލަ 296 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ހުށަހަޅާނެ ކަމަށެވެ. އެއީ އެ ބޭންކުގެ ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ދިނުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެކެވެ.
އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ލިބުނު ހަރުދަނާ ކުރިއެރުމާއެކު، ބީއެމްއެލްގެ ހިންގުމުގެ ފައިދާގެ ގޮތުގައި 2.85 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާއަށް 2.24 ބިލިއަން ރުފިޔާ އެ ބޭންކަށް ވަނީ ލިބިފައެވެ.
ބީއެމްއެލްއިން ބުނީ، އެ ބޭންކުގެ ކެޕިޓަލް ޕޮޒިޝަން ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ ނިސްބަތެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. މި ގޮތުން ބޭންކުގެ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯގެ ނިސްބަތް ހުރީ 58 އިންސައްތަގައި ކަމަށްވާއިރު، ދިވެހި ރުފިޔާއާއި ޑޮލަރުގެ ލިކިއުޑިޓީވެސް ހަރުދަނާ މިންގަނޑެއްގައި ވަނީ ހިފެހެއްޓިފަ އެވެ.
އޭގެއިތުރުން، މިދިޔަ އަހަރު ބީއެމްއެލްއިން 21،000 އަށްވުރެ ގިނަ އައު ކަސްޓަމަރުންނަށް މަރުހަބާ ކިޔާފައިވާއިރު، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމު ފަރުދުންނާއި ވިޔަފާރިތަކުން ބޭންކަށް ކުރާ އިތުބާރު ދައްކުވައިދޭ ހެއްކެއް ކަމަށް އެ ބެންކުން ބުނެފައިވެ އެވެ.
އެ ބޭންކުން ވަނީ މިދިޔަ އަހަރު އަލަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށް، ރާއްޖޭގެ އިޤްތިޞާދީ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އަދާ ކުރަމުންދާ ދައުރު އިތުރަށް އެބެންކުން ވަނީ ފުޅާކޮށްފަ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިދިޔަ އަހަރު މާލީގޮތުން ކާމިޔާބު ނަތީޖާއެއް ހޯދުނީ ބޭންކުގެ ސްޓްރެޓެޖީގެ ހަރުދަނާ ކަމާއި މުވައްޒަފުންގެ މިންނެތް މަސައްކަތުން ކަމަށެވެ.
"މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމި އެންމެ ބޮޑު އަދަދުން ދޭހަކޮށްދެނީ ހަރުދަނާ މާލީ ބިންގަލެއް ދަމަހައްޓައިގެން ހިއްސާދާރުންނަށް ފައިދާ ދިނުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަން،" އޭނާ ވިދާޅުވި އެވެ.
ބޭންކުގެ ފައިދާއިން 25 ޕަސެންޓު ޓެކުހެއް ދައްކައި، ވާދަވެރިކަން ބޮޑު މާހައުލެއްގައި، ރަނގަޅު މާލީ ނަތީޖާއެއް ހޯދައި ހިއްސާގެ ފައިދާއަށް ބޮޑު އަދަދެއް ދިނުމަށް ނިންމުމުން ދައްކުވައިދެނީ ބޭންކުގެ ހިންގުން ހަރުދަނާކަން ކަމަށް އެ ބޭންކުން ބުންޏެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ދުވަސް ކުރިން
0
ބީއެމްއެލް ޕްރޮމޯޝަން: ޗެމްޕިއަންސް ލީގު ފައިނަލުގައި ދަނޑަށް އެރުމުގެ ފުރުސަތު
16 ދުވަސް ކުރިން
0
ބީއެމްއެލް އެޕާއި ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު
19 ދުވަސް ކުރިން
0
ބީއެމްއެލްގެ ރަން ފުރުސަތު ރޯދަ ޕްރޮމޯޝަނާއި އިތުރު ފިހާރަތަކެއް ގުޅިއްޖެ
21 ދުވަސް ކުރިން
0
ކުޅުދުއްފުށީގައި ބީއެމްއެލްއިން ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ބީއެމްއެލް އިން ހިއްސާއަކަށް 55ރ. ބަހަނީ
3 ގަޑިއިރު ކުރިން
0
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަހީދު އައްޔަންކުރައްވައިފި
5 ގަޑިއިރު ކުރިން
0
ޓޫރިޒަމް ގާނޫނު ބަދަލުކުރަން ފާސްކުރި ބިލު ތަސްދީގުކޮށްފި
10 ގަޑިއިރު ކުރިން
0
ޝަހީދުވި ސިފައިންގެ އާއިލާތަކުގެ ކޮންމެ މެންބަރަކަށް އިނާޔަތެއް ދެނީ
10 ގަޑިއިރު ކުރިން
0