
ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހެޅީ ހިއްސާއަކަށް 4.58 ރުފިޔާ އެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 58 ޕަސެންޓު އިތުރު އަދަދެކެވެ.ހިއްސާގެ ފައިދާ ބަހަން ހުށަހަޅަނީ ހިއްސާގެ ފައިދާގެ 50 ޕަސެންޓު ކޭޝް ޑިވިޑެންޑް ގޮތުގައި ދިނުމާ އެކު، ފައިދާގެ 50 ޕަސެންޓު ބޯނަސް ހިއްސާ ދިނުމަށެވެ.ބޯނަސް ހިއްސާގެ ގޮތުގައި ހުށަހަޅާފައިވާ ހިއްސާ ދޫކުރަނީ 35ރ. ގެ ރޭޓުންނެވެ. އެމްއައިބީގެ 15 ވަނަ އަހަރީ އާންމު ޖަލްސާއާ ތާރީހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ހުރިހާ ކަސްޓަމަރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ ފައިސާ އާއި ބޯނަސް ހިއްސާ ލިބޭނެ އެވެ.އެމްއައިބީން ބުނީ އެ ޖަލްސާގެ "ރިކޯޑް ތާރީހާ" ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ ފައިސާ އާއި ބޯނަސް ހިއްސާ ލިބޭނެކަމަށެވެ. އެނގުން މުހިންމު - ވޭތުވެދިޔަ އަހަރަކީ އެމްއައިބީއަށް ކާމިޔާބު އަހަރެކެވެ. އެގޮތުން: