އެމްއައިބީން މއ. ކުދިމަގޫގެ 12 މިލިއަނަށް ނީލަމުގައި ވިއްކާލަނީ
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމާއެކު މއ. ކުދިމަގޫގެ ނީލަމުގައި ވިއްކާލަން މޯލްޑިވްސް އިސްލާމިކް ބޭންކުން އިއުލާންކޮށްފި އެވެ.
ޖުމްލަ 830 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ އެ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން އެމްއައިބީއަށް ދީފައިވަނީ ރަހުނުު ކޮށްފައި ނަގާފައިވާ ލޯނެއް ނުދައްކައިގެނެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަންނަ އޮގަސްޓު މަހުގެ ތިން ވަނަ ދުވަހުގެ މެންދުރު 1 އެވެ. މި ގޭގެ ނީލަން ފެށުމަށް ހުށަހެޅޭ އެންމެ ދަށް އަގުގެ ގޮތުގައި އެމްއައިބީން ކަނޑައަޅާފައި ވަނީ 12.15 މިލިއަން ރުފިޔާ އެވެ.މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެމްއައިބީގެ ނަންބަރު 3325555 އާ ގުޅުމަށް ނުވަތަ auction@mib.com.mv އީމެއިލް މެދުވެރިކޮށް މުއާމަލާތްކުރުމަށް އެމްއައިބީން އެދިފައިވެ އެވެ.