މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީ އިން އއ. ތޮއްޑޫގައި އޭޓީއެމް ހިދުމަތެއް ދޭން ފަށައިފި އެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ޚިދުމަތްތައް ފުޅާކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެކެވެ ތޮއްޑޫގައި އޭޓީއެމްގެ ހިދުމަތް ތައާރަފުކޮށްދެއްވީ އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލާއި، ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް އަލީ އާދަމެވެ.އެމްއައިބީން ބުނި ގޮތުގައި މި އޭޓީއެމް ހިދުމަތް ފަރުމާކޮށްފައި ވަނީ ބޭންކިން ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށާއި، ރަށުގެ މުޖުތަމަޢުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށެވެ. މިއީ އެ ރަށުގެ އިޤްތިޞާދީ ޙަރަކާތްތަކަށް ލިބޭނެ އިތުރު ކުރިއެރުމެއްކަން ބޭންކުން ފާހަގަކުރެ އެވެ.އެމްއައިބީގެ އޭޓީއެމްތައް މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރެ އެވެ. އެ ބެންކުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އޭޓީއެމްގެ ހިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ.