ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
4.9 ޕަސެންޓުން ދައުލަތުގެ ރަސްމީ ރިޒާވް ދަށްވެއްޖެ
އަހުމަދު ނިހާން
13 އޭޕްރީލް 2025 - 19:46
0
comments
Tweet
Telegram
މިދިޔަ މަސް ނިމުނު އިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް އޭގެ ކުރީ މަހަށް ވުރެ ހަތަރު ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 791 މިލިއަން ޑޮލަރުގަ އެވެ. ނަމަވެސް ފެބްރުވަރީ މަސް ނިމުނުއިރު އެ އަދަދު ހުރީ 832.1 މިލިއަން ޑޮލަރުގައެވެ.
އެހެންވުމުން، އެއީ ރިޒާވަށް ލިބުނު 4.9 ޕަސެންޓްގެ ދަށްވުމެކެވެ.
ރިޒާވް ދަށްވެފައި ވަނީ، މިދިޔަ ސެޕްޓެންބަރު މަހުން ފެށިގެން އިތުރުވުމަށްފަހުގައެވެ. އެގޮތުން:
ސެޕްޓެންބަރު މަސް ނިމުނުއިރު ރިޒާވުގައި ހުރީ: 371.2 މިލިއަން ޑޮލަރު
އޮކްޓޫބަރު: 614.6 މިލިއަން ޑޮލަރު
ނޮވެންބަރު: 616.2 މިލިއަން ޑޮލަރު
ޑިސެންބަރު: 673.2 މިލިއަން ޑޮލަރު
ޖަނަވަރީ: 708.1 މިލިއަން ޑޮލަރު
މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ޖުމްލަ ރިޒާވްގައި ހުރީ 673 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރަކީ ފަހުގެ ތާރީހެއްގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް އަޑިއަޅާލި އަހަރެވެ. އެ އަހަރު އެވްރެޖުކޮށް ޔޫޒަބަލް ރިޒާވް ހުރީ 75 މިލިއަން ޑޮލަރުގަ އެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ 46 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށްވެ، ދަރަނި ނުދެއްކި ދާނެ ކަމުގެ އިންޒާރު ވެސް ބޭރުގެ މާލީ އިދާރާތަކުން ދިނެވެ. އަދި ސަރުކާރަށް ދީފައިވާ ލަފާތަކުގެ ތެރޭގައި ޚަރަދުތައް މަދުކޮށް، އިގުތިސާދު ސިންދަފާތުކޮށްގެން އާމްދަނީ އިތުރުކުރުން ހިމެނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
29 ދުވަސް ކުރިން
0
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އިމާދު އިސްތިއުފާދެއްވައިފި
1 މަސް ކުރިން
0
ނާޒިމްގެ ވިދާޅުވުމެއް ؛ މި ސަރުކާރުން ފައިސާ ޗާޕް ކުރާނީ ޒިންމާދާރުކޮށް
1 މަސް ކުރިން
0
ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި
3 މަސް ކުރިން
0
ދިރާގު ފިންޓެކާއި ސީބީއެމް، އެޗްބީއެލް ވެސް ފަވަރައިން ހިދުމަތް ދެނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ކެމެރާ ހަރުކުރެވެންދެން ޖަލު ގޮޅިތައް ގާތުން ބަލަން އެދިއްޖެ
32 މިނެޓް ކުރިން
0
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި
37 މިނެޓް ކުރިން
0
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިހުމާލުވުމާ ގުޅޭ ކުއްލި މައްސަލަ ބޭރުކޮށްލައިފި
42 މިނެޓް ކުރިން
0
ޓިކްޓޮކް ބޭނުން ކުރާ ދިވެހިންނަށް އާމްދަނީ ހޯދޭނެ ގޮތެއް ބަލަނީ
45 މިނެޓް ކުރިން
0