
އެޗްއާރްސީއެމް އިން ނެރުނު ބަޔާނުގައި ބުނީ އޭޕްރީލް 4، ގައި ދަންޖެހުނު މީހާގެ ތަހުގީގަށް އެ ރަށުގައި ހަރަކާތްތެރިވަމުން ދަނިކޮށް އިތުރު މީހަކު އަމިއްލަ ނަފްސަށް ގެއްލުންދޭން މަސައްކަތްކުރި ކަމަށް މައުލޫމާތު ލިބިގެން ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ."ކޮމިޝަނުގެ ތަހްގީގު ޓީމުން، ހދ. ކުޅުދުއްފުށީގައި ހަރަކާތްތެރި ވަމުންދަނިކޮށް، ހދ. ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ހުރި އިތުރު މީހެއް އަމިއްލަ ނަފްސަށް ގެއްލުންދިނުމަށް މަސައްކަތްކުރި ހަބަރު ލިބުމާއި ގުޅިގެން، މިކަމުގައިވެސް ކަން ހިނގާފައިވާ ގޮތް ކޮމިޝަނުން ވާނީ ބަލާފައި،" އެޗްއާރްސީއެމް އިން ބުންޏެވެ.ފުލުހުންގެ ބަންދު ގޮޅިތަކުގައި ސީސީޓީވީ ކެމެރާ ނުހުންނަކަން ތަހުގީގަށް ފާހަގަވުމާއެކު، އެ ތަންތަނުގައި ސީސީޓީވީ ހަރުކުރަން އެޗްއާރުސީއެމުން އޮތީ ލަފާދީފައެވެ.މި ފަހުން ދެ މައްސަލައެއް ފެންމަތިވީ ވެސް، ސީސީޓީވީ ހަރުކުރަން އެޗްއާރުސީއެމުން އެ ލަފާދީފައި ވަނިކޮށް ވެސް، އެ ތަކެތި ހަރުނުކޮށް ހުއްޓައެވެ.ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ގޮޅިއެއްގައި 2022 ވަނަ އަހަރު ވެސް މީހަކު ދަންޖެހުނެވެ. އެގޮތުން މިހާތަނަށް އެ ގޮޅީގައި ތިން މީހަކު ދަންޖެހިފައިވާއިރު، ދެ މީހުން ވަނީ މަރުވެފަ އެވެ. އެކަމަކު، އެޗްއާރްސީއެމްގެ ރެކޮމެންޑޭޝަނާ އެއްގޮތަށް ގޮޅިތައް ފެންނަ ގޮތަށް އަދިވެސް ކެމެރާ ހަރުކޮށްފައެއްނުވެ އެވެ.ސީސީޓީވީ ކެމެރާ ނެތް ބަންދު މަރުކަޒުތަކުގެ ގޮޅިތަކުގައި ކެމެރާ ހަރުކުރެވެންދެން އެ ގޮޅިތައް ގަވާއިދުން މޮނިޓާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އެޗްއާރްސީއެމްއިން އިއްޔެ ވަނީ އަންގައިފަ އެވެ.