މާފުށީ ޖަލުގައި ފާސް ކުރުމުގެ އޮޕަރޭޝަނެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަށައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އެ އިދާރާއިން ފުލުހުންނާ ގުޅިގެން، މާފުށީ ޖަލުގައި ސާޗް އޮޕަރޭޝަނެއް ކުރިއަށްގެންދާ ކަމަށެވެ.
ނަމަވެސް އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
މަނާތަކެތި ޖަލަށް ވެއްދުމާއި ޖަލުގައި ތިބޭ މީހުން ސްކޭމްގެ އަމަލުތައް ހިންގާތީ މީގެ ކުރިން ވެސް މާފުށީ ޖަލު ބަލައި ފާސްކުރަން އޮޕަރޭޝަންތައް ހިންގާފައިވެ އެވެ.