
އޭނާ މި ކަން އިއުލާނު ކުރައްވާފައި ވަނީ ޓީވީ މެދުވެރިކޮށް ޤައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވައި ސްޓާމާ ވިދާޅުވީ ގައުމު ހިންގެވުމާ ހަވާލުވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ފަހުރެއް ކަމަށެވެ. އަދި އޭނަގެ ޕާޓީން މިހާރު ބޭނުންވާ ގޮތަށް ޕާޓީގެ ލީޑަރުކަމުން ވެސް އިސްތިއުފާ ދެއްވައި ސަރުކާރުގެ ބަދަލުކުރުމުގެ މަރުހަލާ ވަރަށް އޮމާން ގެންދަވަން ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.ސްޓާމާ، 63، ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ 2024 ގެ ޖުލައި މަހުގެ ތެރޭގަ އެވެ. އަދި މިއީ 2020 ގެ ފަހުން ލޭބާ ޕާޓީ އަށް ވެރިކަމަށް އާދެވުނު ފުރަތަމަ ފަހަރެވެ.