ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
ހަސަން ހަލީމް
30 ނޮވެމްބަރ 2025 - 06:26
0
comments
Tweet
Telegram
އިނގިރޭސި ރަސްގެފާނު، ކިންގް ޗާލްސް ތިންވަނައިގެ ދަޢުވަތަކަށް، ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސްއެމްއައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، "ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި، ރައީސް މުޙައްމަދު މުޢިއްޒު، ރޭ ފުރާވަޑައިގަންނަވައިފި އެވެ.
މި ބައްދަލުވުމުގައި، ބައިނަލްއަގްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި، ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރީން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާނީ މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ދުވެލި އަވަސްކުރުމަށް، ބައިނަލްއަގްވާމީ ގުޅުންތައް އިތުރަށް ހަރުދަނާކޮށްގެން، ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނޭ ގޮތްތަކާ މެދުގައެވެ.
ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް އަކީ އިނގިރޭސި ރަސްގެފާނުގެ ތަސައްވުރެއްގެ މައްޗަށް ބިނާކުރައްވާފައިވާ، އެމަނިކުފާނުގެ އިސްނެންގެވުމެކެވެ. މިއީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ވިޔަފާރިތައް ހަރަކާތްތެރިކުރުވާ މަންސައެކެވެ. އެގޮތުން އަމިއްލަ ވިޔަފާރި ކުންފުނިތަކުގެ ވެރީންނާއި، ބައިނަލްއަގްވާމީ ފެންވަރުގައި ނިންމުންތައް ނިންމާ ފަރާތްތަކުން ހިންގާ އިގްތިސާދީ ހަރަކާތްތަކަކީ ދެމެހެއްޓެނިވިކަމުގެ މައްޗަށް ބިނާކުރާ ހަރަކާތްތަކަކަށް ހެދުމަށް އެސްއެމްއައި އިން ބާރު އަޅަ އެވެ.
އަދި އަމިއްލަ ވިޔަފާރިތަކުން ކުރާ ދުރު ރާސްތާ މަސައްކަތްތަކަކީ ތިމާވެށީގެ ގޮތުން ޒިންމާދާރު އަދި ގައުމީ ފެންވަރުގެ މޫސުމީ އަޒުމުތަކާއި "1.5 ޑިގްރީ ސެލްސިއަސް ޕާތުވޭ" އަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކާ އެއްއުއިވާ މަސައްކަތްތަކަކަށް ހެދޭނޭ މަގު ދައްކައިދިނުމަކީ، އެސްއެމްއައިގެ އަމާޒެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ގަޑިއިރު ކުރިން
0
އިނގިރޭސި ބޮޑުވަޒީރުކަމުން ސްޓާމާ އިސްތިއުފާދެއްވައިފި
4 ދުވަސް ކުރިން
0
ފޯރިގަދަ މެޗަކުން ކްރޮއޭޝިއާ ބަލިކޮށް އިންްގްލެންޑުން މޮޅަކުން ފަށައިފި
7 ދުވަސް ކުރިން
0
ގައުމީ މަސްލަހަތު ކުރިއަށް ނެރުމަކީ ހިޖުރީ އާ އަހަރުން ހާސިލުކުރަންވީ މުހިންމު ފިލާވަޅު: ރައީސް
14 ދުވަސް ކުރިން
0
ވަތަނީ ހިދުމަތުގެ ތަމްރީނަށް 352 ބައިވެރިން މާފިލާފުއްޓަށް ފުރައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މޭރީ މަރު: ލަމްހާގެ މައްޗަށް ވެސް ކުށް ސާބިތުވެއްޖެ
1 ގަޑިއިރު ކުރިން
0
އިނގިރޭސި ބޮޑުވަޒީރުކަމުން ސްޓާމާ އިސްތިއުފާދެއްވައިފި
2 ގަޑިއިރު ކުރިން
0
ފުލުހުންނާ އެކު މާފުށީ ޖަލު ފާސްކުރަން އޮޕަރޭޝަނެއް ފަށައިފި
2 ގަޑިއިރު ކުރިން
0
މޭރީ މަރާލިކަން މާވިންގެ މައްޗަށް ސާބިތުވެއްޖެ
3 ގަޑިއިރު ކުރިން
0