ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރައީސް ނަޝީދު އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ވަސީލަތްތައް ބޭނުމެއް ނުކުރޭ: ހަސަން ލަތީފް
މަރިޔަމް އަނާ
12 ސެޕްޓެމްބަރ 2020 - 10:38
0
comments
Tweet
Telegram
އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވާ ކަންކަމަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުފޫޒު ފޯރުވުން ކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ހަސަން ލަތީފު މިގޮތަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރި ޝުއައިބު އަލީ އޭނައަށް ފޮނުވި ސިޓީގެ ޖަވާބުގައެވެ.
ޝުއައިބު ހަސަން ލަތީފަށް ފޮނުވި ސީޓީގައި އެދިފައިވަނީ، ރައީސް ނަޝީދު ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ތަކުރާރުކޮށް ފޯރުއްވާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވުމަށެވެ.
މި ސިޓީއަށް ޖަވާބު ދެއްވާ ހަސަން ލަތީފް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޝުއައިބުގެ ސިޓީގައި އިޝާރާތް ކުރައްވާފައިވާ އެ ޕާޓީގެ ރައީސް، ރައީސް މުޙަންމަދު ނަޝީދު އޭނާއަށް ފޮނުއްވި ސިޓީފުޅުން، އޭނާގެ ކިބައިން އެދިވަޑައިގެންފައިވާ ކަންކަން ކުރުމުގައި، ޕާޓީގެ އުޞޫލުތަކާ ޚިލާފަށް ޕާޓީގެ ވަސީލަތްތައް ބޭނުންކުރަން ނުޖެހޭކަމާއި އަދި ބޭނުން ނުކުރާ ކަމުގައި ދަންނަވާ ކަމަށެވެ. އަދި މީގެ އިތުރުން، ޕާޓީގެ ރައީސް އެދިވަޑައިގެންފައިވާ ކަންކަމަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ފޯރުވުން ކަމުގައި ނުދެކޭ ކަމުގައިވެސް ދަންނަވާ ކަމަށެވެ.
ހަމަ އެއާއެކު، ރައީސް މުޙަންމަދު ނަޝީދު ފޮނުއްވާފައިވާ ސިޓީފުޅަކީ، ޝުއައިބު ދެކިވަޑައިގަންނަވާ ގޮތާ ޚިލާފަށް، ރައީސް މުޙަންމަދު ނަޝީދުގެ އަމިއްލަފުޅު ހައިޘިއްޔަތުން އަދި އަމިއްލަ ޚިޔާލުފުޅުގެ މައްޗަށް ލިޔުއްވައި ފޮނުއްވާފައިވާ ސިޓީފުޅެއް ނޫންކަމާއި، އެސިޓީފުޅަކީ ޕާޓީގެ ރައީސްގެ ހައިޘިއްޔަތުން އަދި ޕާޓީގެ ރައީސްގެ ޚިޔާލުފުޅު ލިޔުއްވައި ފޮނުއްވާފައިވާ ޕާޓީގެ ރަސްމީ ސިޓީއެއް ކަމުގައެވެ.
މީގެ އިތުރުން ޕާޓީގެ ރައީސްގެ މަޤާމަކީ، ޕާޓީގެ އެންމެ އިސް މަޤާމް ކަމަށާއި، ސިޔާސީ ކަންކަމުގައި ޕާޓީ ތަމްޞީލުކުރާ އަދި ޕާޓީގެ ސިޔާސީ ޙަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސްފަރާތް ކަމަށެވެ. އެހެންކަމުން، ޕާޓީގެ ރައީސްގެ ހައިޘިއްޔަތުން ރައީސް މުޙަންމަދު ނަޝީދުގެ ވިސްނުންފުޅު ޕާޓީގެ އާންމު މެންބަރުންނާ ހިއްސާކުރެއްވުމާއި، އެވިސްނުންފުޅާ އެއްގޮތަށް ޕާޓީގެ ސިޔާސީ ޙަރަކާތްތައް ހިންގެވުމުގެ އިސް ދައުރު އަދާކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސައްކަތުގެ މަސްއޫލިއްޔަތެއް ކަމަށެވެ.
"މި ޕާޓީގެ ރައީސްގެ މަގާމަކީ، ޕާޓީގެ އެންމެ އިސް މަގާމެވެ. ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާ ކުރާ އިސްފަރާތެވެ. އެހެން ކަމުން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުހައްމަދު ނަޝީދު ވިސްނުންފުޅު ޕާޓީގެ އާންމު މެމްބަރުންނާ ހިއްސާ ކުރެއްވުމާއި އެ ވިސްނުންފުޅާ އެއްގޮތަށް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ އިސް ދައުރު އަދާކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތެވެ" ހަސަން ލަތީފު ޝުއައިބަށް ފޮނުއްވި ސިޓީ ނިންމާލަމުން ބުނެފައިވެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ގަޑިއިރު ކުރިން
0
ނޫސްވެރިކަމުގެ ކުރިމަގާ މެދު ކަންބޮޑުވުންތައް އެބަހުރި: އެމްޑީޕީ
1 ދުވަސް ކުރިން
0
އެމްޑީޕީ ލީޑާޝިޕް އިސްތިއުފާ ދޭކަށް ނުވިސްނާ: ފައްޔާޒު
1 ދުވަސް ކުރިން
0
އިންތިހާބުން ބަލިވި ސަބަބު ހޯދަން އެމްޑީޕީން ދިރާސާއެއް ހަދަނީ
2 ދުވަސް ކުރިން
0
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވަނީ
3 މިނެޓް ކުރިން
0
ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީކުރައްވާފައިވާ ކަމެއް: ހުތުބާ
14 މިނެޓް ކުރިން
0
އިމާމުންނާއި ހަތީބުންގެ ދެ ވަނަ ބެޗު ސައުދީ އަށް ފުރައިފި
35 މިނެޓް ކުރިން
0
ނޫސްވެރިކަމުގެ ކުރިމަގާ މެދު ކަންބޮޑުވުންތައް އެބަހުރި: އެމްޑީޕީ
1 ގަޑިއިރު ކުރިން
0