ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދީން
ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީކުރައްވާފައިވާ ކަމެއް: ހުތުބާ
އިބްރާހިމް އާދަމް
03 މެއި 2024 - 20:19
0
comments
Tweet
Telegram
ދެމަފިރިންގެ މެދުގައި ގުޅުން ގޯސްވެ އެއްވެސް ހައްލެއް ނުފެނިއްޖެ ނަމަ، ވަރި ހުއްދަވާނެ ކަމާމެދު ޝައްކެއް ނެތް ކަމަށާއި ނަމަވެސް، އަނބިމީހާ ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީކުރައްވާފައިވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ޚުތުބާގައި ބުނެފައިވާ ގޮތުން ބައެއް ފިރިހެނުން ކައިވެނީގެ އަހުދާމެދު ފަރުވާކުޑަކޮށް "ވަރި" މިބަހަކީ އާންމު ބަހަކަށް ވަނީ ހަދާފައެވެ. އެގޮތުން މަޖަލަކަށް ބުނާ ބަސްބަހުންނާއި އޮޅުވާލުމަށް ބުނާ ބަސްތަކުންނާއި އެނޫން ވެސް ގޮތްގޮތަށް ވަރިކުރާ ކަމަށް ވަނީ
ބުނެފަ އެވެ.
ނަމަވެސް އިސްލާމް ދީނުގައި ވަރިކުރުމުގެ ބާރު ފިރިމީހާއަށް ދީފައިވަނީ ބޭނުންވާ ކޮންމެ ވަގުތަކު އަނބިމީހާ ވަރިކުރުމަށް ނޫން ކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ އެވެ.
ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގައި ވަރަށް ތާކުންތާކު ނުޖެހޭ ސަބަބުތަކުގައި ބައެއް ފަހަރަށް އާއިލީ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހިފައިވާ ކަމަށާ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި ހިޔާލު ތަފާތުވުން އުފެދޭ ހާލަތުގައި ކެތްތެރިވެ ރުޅީގެ މައްޗަށް ބުއްދި އިސްކޮށް ނަބަވީ އިރުޝާދުގައި ބަޔާން ކޮށްފައިވާ ގޮތަށް އަމަލު ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ބައެއް މީހުން ދެމަފިރިންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކުރާ ކަމަަށާ މިކަމުގެ ސަބަބުން ޢާއިލާތައް ބިކަވެ މައިން ބަފައިންގެ ލޯބިން ދަރިން މަހްރޫމްވާކަން ފާހަގަކޮށް އެކަމުގެ ނުރައްކާތެރިކަން ބަޔާން ކޮށްދީފައިވެ އެވެ.
އެހެންކަމުން ދެމަފިރިންގެ މެދުގައި މައްސަލައެއް އުފެދިއްޖެނަމަ ދެމަފިރިން އަމިއްލައަށް ނުވަތަ ދެމަފިރިން އިތުބާރުކުރާ މީހަކާ މަޝްވަރާ ކޮށްގެން އެ މައްސަލައެއް ހައްލު ކުރަން ވަނީ ޚުތުބާގައި ނަސޭހަތްތެރިވި އެވެ.
އެގޮތުންވެސް ހައްލެއް ނުފެނިއްޖެނަމަ ވަރި ހުއްދަ ވާނެ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ. ނަމަވެސް އަނބިމީހާ ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެވެ.
"ދެމަފިރިންގެ މެދުގައި ގުޅުން ގޯސްވެ އެއްވެސް ހައްލެއް ނުފެނިއްޖެ ނަމަ، ވަރި ހުއްދަވާނެ ކަމާމެދު ޝައްކެއް ނެތް. ނަމަވެސް، އަނބިމީހާ ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީކުރައްވާފައިވާ ކަމެއް،" ހުތުބާގައި ބުންޏެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުން މިރޭ
19 ދުވަސް ކުރިން
0
ނަޞްރުގެ މައްސަރު
2 މަސް ކުރިން
0
ރޯދައަށް ތައްޔާރުވާން ހުތުބާގައި ގޮވާލައިފި
3 މަސް ކުރިން
0
ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އިންޑިއާއިން ރާއްޖެ އެތެރެކުރާ ޒަރޫރީ ތަކެތީގެ ކޯޓާ އިތުރުކޮށްދީފި
2 ގަޑިއިރު ކުރިން
0
ސިނގިރޭޓު ވެސް ވިއްކުމުގައި މިއުޅެނީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ މީހުން: ރައީސް
2 ގަޑިއިރު ކުރިން
0
ދުންފަތުގެ ވިޔަފާރި ދޫކޮށްލަން ރައީސް އެދިވަޑައިގަންނަވައިފި
2 ގަޑިއިރު ކުރިން
0
ރާއްޖެއިން ސިއްހީ ފަރުވާ ކަށަވަރު ކުރުމުގެ އަމާޒަށް ސަރުކާރުން ދަނީ ވާސިލުވަމުން: ރައީސް
3 ގަޑިއިރު ކުރިން
0