ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދީން
ނަޞްރުގެ މައްސަރު
އިބްރާޙިމް އާދަމް
14 މާޗް 2025 - 13:54
0
comments
Tweet
Telegram
ހުކުރު ޚުތުބާގެ މިއަދުގެ މައުޟޫއުއަކީ "ނަޞްރުގެ މައްސަރު" މިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި ވަނީ ބަނދުރު ހަނގުރާމައިން ލިބޭ ފިލާވަޅުތަކަށް އަލިއަޅުއްވާ ލައްވާފައެވެ. މިގޮތުން އެއް ފިލާވަޅަކީ ކަންކަމުގައި މަޝްވަރާގެ ރިވެތި އުޞޫލު ބޭނުންކުރުމެވެ. އެގޮތުން ކީރިތި ރަސޫލާ މި ހަނގުރާމައިގެ ކަންތައްތަކާ މެދު މުހާޖިރުންނާއި އަންޞާރުންނާ މަޝްވަރާކުރެއްވި ކަމަށް
ހުތުބާގައި ވެއެވެ.
ހުތުބާގައި ބުނީ ވެރީންނަށް ކިޔަމަންގަތުމުގެ މާތް ސިފައާއި، މުހާޖިރުންނާއި އަންޞާރުންގެ ފަރާތްޕުޅުން ފެނުނު ކިޔަމަންތެރިކަމާއި މި ކަމުގެ ރިވެތި މިސާލެއް ބަދުރު ހަނގުރާމައިން ފެނިގެން ދިޔަ ކަމަށެވެ.
"ޖިހާދުކުރުމުގެ އިޒުނަ އައުމުން އެ ބޭކަލުން އެ ކަމަށް އިޖާބަ ދެއްވި ގޮތުން އެނގި ހާމަވީ އެ ބޭކަލުންގެ ކިޔަމަންތެރިކަން ބަދުރު ހަނގުރާމައިގެ ދުވަހު މުހާޖިރުންނާއި އަންޞާރުން ކީރިތިރަސޫލާ އަށް އެރުވި މަޝްވަރާއިން މި ކަން ހާމަވި، ޤުރައިޝުން މުސްލިމުންނާ ކުރިމަތިލާން އަންނަކަމުގެ ޚަބަރު ކީރިތި ރަސޫލާ އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ތެރެއިން އަބޫބަކުރުގެފާނާއި ޢުމަރުގެފާނަށް ދެއްވުމުން އެ ބައިމީހުންނާ ކުރިމަތިލެއްވުމަށް ތާއީދުކުރި" ހުތުބާގައި ވެއެވެ.
މީގެއިތުރުން އަޞްޙާބު ބޭކަލުންގެ ޤުރުބާނީއަކީވެސް ބަދުރު ހަނގުރާމައިން ލިބުނު ފިލާވަޅެއްކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ އެ ދުވަހު ބަދުރުގެ މައިދާނުގައި ކީރިތި ރަސޫލާ ﷺ ހުއްޓިވަޑައިގެން ހުންނެވުމަށް ޚާއްޞަ ކުރެވިފައިވާ ޢަރީޝްކޮޅުގައި އެކަލޭގެފާނު ހުއްޓިވަޑައިގެން ހުންނެވި އިރު، އެކަލޭގެފާނުގެ ހަށިފާރައަށް އަބޫބަކުރުގެފާނާއި ސަޢުދުބުން މުޢާޛުގެފާނު މަޑުކުރެއްވިކަމަށެވެ.
ބަދުރު ހަނގުރާމައިން ލިބުނު އެހެން ފިލާވަޅެއްގެ ގޮތުގައި ޚުތުބާގައި ފާހަގަކޮށްފައިވަނީ މާތް ﷲއަށް ވަކީލުކުރުމާއި ދުޢާކުރުމުގެ މުހިއްމުކަމެވެ. އެގޮތުން ކަންކަމުގައި ﷲއަށް ވަކީލު ކުރުމަކީ ނަޞްރާއި ކާމިޔާބަށް ވާޞިލުކޮށްދޭ ކަމެއްކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.
މާތް ﷲގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވަނީ: "ފަހެ، (ކަމަކާ މެދު) ކަލޭގެފާނު ޢަޒުމު ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّهއަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، وكيل ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ."
ޚުތުބާގައި އިތުރަށް ބުނެފައިވަނީ ދުޢާއަކީ މުއުމިނުންގެ ހަތިޔާރުކަމަށާއި ކަންކަމުގައި ﷲ ޙަޟުރަތުގައި ދުޢާ ދެންނެވުމަށް ލަދުގަނެގެން ނުވާނެކަމަށެވެ. އަދި އެކަލާނގެއީ އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެކަމަށާއި އެކަލާނގެއަށް ބިރުވެތި އިޚްލާޞްތެރި ހިތަކުން ދުޢާކުރުމަކީ އެ ދުޢާއެއް އިޖާބަވުމަށް އޮތް ބާރެއްކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ވިދާޅުވީ، ބަދުރު ހަނގުރާމައިގެ ދުވަހު ކީރިތި ރަސޫލާ އިސްލާމީ އުންމަތަށް ދެއްކެވީ ކެތްތެރިކަމާއި ސާބިތުކަމާއި، ވަކީލުކޮށްގެން ﷲއަށް ދުޢާ ދެންނެވުމުގައި ގެންގުޅޭންޖެހޭނޭ އެންމެ ފުރިހަމަ ނަމޫނާއެއް ކަމަށެވެ.
"އެކަލޭގެފާނު ދެ އަތްޕުޅު މައްޗަށް ނަންގަވައި ދުޢާކުރައްވައި ކީރިތިކުރައްވައި އެކަލޭގެފާނުގެ ދެލޯފުޅުން ކަރުނަފޮދު އޮހޮރުނު، އަދި އެކަލޭގެފާނުގެ ކޮނޑުފުޅުގައި އޮތް ރިދާކޮޅު ވެއްޓެމުންދަނިކޮށް އަބޫބަކުރުގެފާނު ވަޑައިގެން އެކަލޭގެފާނުގެ ރިދާކޮޅު ނަންގަވައި ކޮނޑުފުޅު ނިވައިކޮށް ދެއްވި" ހުތުބާގައި ވެއެވެ.
ހުކުރު ޚުތުބާގައި ބުނެފައިވާގޮތުގައި އެކަލޭގެފާނުގެ ކޮނޑުފުޅުގައި އޮތް ރިދާކޮޅު ވެއްޓެމުންދަނިކޮށް އަބޫބަކުރުގެފާނު ވަޑައިގެން އެކަލޭގެފާނުގެ ރިދާކޮޅު ނަންގަވައި ކޮނޑުފުޅު ނިވައިކޮށް ދެއްވިއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
ހުކުރު ހުތުބާތަކުގެ އިނގިރޭސި ތަރުޖަމާ ފޮތެއް ނެރެފި
17 ދުވަސް ކުރިން
0
އެންމެ ނުބައި މީހާއަކީ ގައުމު ހަރާބުކުރާ މީހާ: ހުތުބާ
1 މަސް ކުރިން
0
އިލްމު އުނގެނުމުގެ މާތްކަން
1 މަސް ކުރިން
0
ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުން މިރޭ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުރީދޫ ނޭޝަން އިންޓަ ރިސޯޓް އީސްޕޯޓްސް ޓޯނަމަންޓް ނިންމާލައިފި
3 ގަޑިއިރު ކުރިން
0
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދިޔައީ ސުއޫދު: އުޝާމް
3 ގަޑިއިރު ކުރިން
0
މިނިސްޓަރު ހަލީލް ކުވައިތަށް ފުރާވަޑައިގެންފި
4 ގަޑިއިރު ކުރިން
0
ނަޑެއްލާ އިން ގެއްލުނު މީހާ ފެނިއްޖެ
4 ގަޑިއިރު ކުރިން
0