ޚަބަރު
މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓު ފްލައިޓު ޖައްސައިފި
މުލީ އެއާޕޯޓަށް ޓެސްޓު ފްލައިޓެއް މިއަދު ޖައްސާފައި
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި 2021ވަނަ އަހަރު ތަރައްގީކުރަން މަސައްކަތް ފެށި މ. މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި، މިއަދު ޓެސްޓު ފްލައިޓް ޖައްސައިފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޓެސްޓު ފްލައިޓު އެ ރަށަށް ޖެއްސީ މިއަދު ކަމަށެވެ. މުލީ އެއާޕޯޓަށް ފުރަތަމަ ޖެއްސީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓެކެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށީ މީގެ ތިން އަހަރު ކުރިން 2022 ގަ އެވެ. މި އެއާޕޯޓު މި މަހު ފަހުކޮޅު ނުވަތަ އަންނަ މަހު ކުރީކޮޅު ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެމްޓީސީސީން ކުރިއަށް ގެންދިޔަ މުލީ އެއާޕޯޓުގެ ރަންވޭއަކީ 1،200 މީޓަރު ފުޅާ، 30 މީޓަރު ދިގު ރަންވޭ އެކެވެ. މި މަޝްރޫއަށް ސަރުކާރުން ޖުމްލަ 221 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު