ޚަބަރު
މ. މުލީގައި ތަރައްގީ ކުރި އެއާޕޯޓު މިއަދު ރަސްމީކޮށް ހުޅުވައިފި
މ. މުލީގައި ތަރައްގީ ކުރި އެއާޕޯޓު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓްގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ.

މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެ އެވެ.

މި މަޝްރޫއަށް ދިވެހި ދައުލަތުގެ ބަޖެޓުން 221.7 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނެފައިވާ ގޮތުގައި، މުލި އެއާޕޯޓުގެ ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް، ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރާ މޯލްޑިވިއަން އާއި ވިލާ އަދި މަންތާ އެއާލައިނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މޯލްޑިވިއަން އިން މި މަހު ވަނީ މި އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފަށައިފަ އެވެ. އެއީ ކޮންމެ ހޮނިހިރު ދުވަހު ބާއްވާ ފްލައިޓެކެވެ. ޓިކެޓްގެ އަގަކީ 1،377ރ. އެވެ. އަދި ޕްރޮމޯޝަނަލް ފެއާގައި 999ރ. އަށް ވަނީ ޓިކެޓް ވިއްކައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު