ވިޔަފާރި
މޯލްޑިވިއަނުން މުއްޔަށް ކޮޅަކަށް 1،377ރ. ފުރަތަމަ ދަތުރު މި މަހު 17 ގައި
މ. މުލީ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައި - ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
މ. މުލީގައި އަލަށް ހެދި އެއާޕޯޓަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އަންނަ ހަފްތާގައި ފަށާނެކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އައިލެންޑު އޭވިއޭޝަނުން ހިންގާ މޯލްޑިވިއަނުން އާންމުކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން މުލި އެއާޕޯޓުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 1،377ރ. އެވެ. ކޮޅަކަށް ހޭދަވާނީ 35 މިނިޓެވެ.

މޯލްޑިވިއަނުން އަދި ނިންމާފައި ވަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު މުލި އެއާޕޯޓަށް ދަތުރެއް ބާއްވާށެވެ. މާލެ އިން ފުރާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ މެންދުރު ފަހު 3:30 ގަ އެވެ. މުލިން މާލެ އަަންނަ ފްލައިޓް ފުރާނީ ހަވީރު 4:45 ގަ އެވެ.

މޯލްޑިވިއަނުން މިހާރު ވަނީ މ. އަތޮޅުގައި ރީޖަނަލް އެއާޕޯޓްސް އިން އޮޕަރޭޓްކުރާ އަދި މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓުގެ ދަތުރުތަކުގެ ބުކިން އަށް ހުޅުވާލައިފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އޮގަސްޓް 2021 ގައި ހަދަން ފެށި މުލި އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމައި އެ ތަނަށް ޓެސްޓު ފްލައިޓު ޖެއްސީ މިދިޔަ މަހުގެ 25 ގަ އެވެ.

މި އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު