ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަމުންދާ ގޮތުން ސަރުކާރަށް އިތުރު އުނދަގޫތައް ކުރިމަތިވޭ: ގާސިމް
އިސްމާއިލް ރިޒާ
20 ނޮވެމްބަރ 2020 - 10:22
0
comments
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް
Tweet
Telegram
ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަމުންދާ ގޮތުގެ ސަަބަބުން ސަރުކާރަށް އިތުރު އުނދަގޫތައް ކުރިމަތިވާ ކަމަށް މާމިގިލި ދާއިރާގެ މެންބަރު އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ އެތެރޭގެ މީސް މީޑިއާ ގްރޫޕްއަކަށް ފޮނުވި މެސެޖެއްގައި ގާސިމް ވިދާޅުވީ، ސަރުކާރަށް އެއްބާރުލުންދީ، ބަޖެޓް ފާސްކުރުމަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ މެންބަރުން ހިމެނޭ ގޮތަށް ހުރިހާ މެންބަރުންނަށް ގޮވާލައްވާ ކަމަށެވެ.
"މި ކަމު ނުގޮސް އުޅެނީ ރައީސް ވެރިަކމުން ވައްޓައިނުލިވެގެން އެ ކަމާ އުޅޭ މީހުން. މި ގޮތަށް މުޅި ގައުމު ތާށިވީމަ މަޖިލީހުން ތިޔަ ގޮތަށް ތާށި ކުރީމަ ޖެހޭނީ ބަނޑަށް. އެއީ ތިޔަ ކުރައްވަން އުޅުއްވާ ކަމަކީ. އެހެން ހަދައިގެން ނުވާނެ." ގާސިމް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރުކަމާއި އެމްއެމްއޭގެ ޤަވަރުނަރުގެ މަޤާމުވެސް ފުރުއްވި، ގާސިމް އިތުރަށް ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓަކީ ކޯވިޑް-19ގެ މިހާލަތަށް އެންމެ ރަނގަޅު ބަޖެޓެއް ކަމަށެވެ. ނަމަވެސް ބަޖެޓުގެ ބަހުސް މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބަޖެޓް ކުޑަކޮށް، ބަޖެޓް ފާސްކޮށްގެން ނުވާނެކަމަށް ވިދާޅުވާތީ ޤާސިމްވަނީ އެކަން ކުށްވެރިކުރައްވާފައެވެ.
މިއީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްވެސް ކުރަންއޮތް ވަގުތުންކަން ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވީ ބައެއް މެންބަރުން އެމެންބަރުންގެ ދާއިރާތަކަށް މަޝްރޫޢުތަށް މަދުވެގެން ނުވަތަ ބައެއް މަޝްރޫޢުތައް ނުފަށައިގެން މަސައްކަތްކުރިނަމަވެސް އިޤްތިޞާދީގޮތުން މިފަދަ ދަތި ދަނޑިވަޅެއްގައި ހުރިހާ ރަށެއްގައި އެއްވަރަކަށް ބޮޑެތި މަޝްރޫޢުތައް ހިންގުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ.
"ބަޖެޓަކީ އަންދާޒާއެއްގެ މައްޗަށްކުރާނެ ޚަރަދު ލަފާކުރާ ލިޔެކިއުންތަކެއް. އެލިޔެކިއުންތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން، މަސައްކަތްކޮށްގެން އެލާރި ހޯދަން މަސައްކަތްކުރެވެނީ. ދެން ޚަރަދުތައްވެސް ކުރެވޭނީ ލާރިލިބިގެން. އެހެންވީމަ އެކަން ކުރެވެންއޮތް ދޮރު ބަންދުކޮއްލަން މެންބަރުން މަސައްކަތްކުރުމަކީ އެއީ ހެޔޮވާވަރުގެ ކަމެއް ނޫން" ޤާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ގައުމަށް މިވަގުތު ވަމުން އަންނަ ގޮތަށް ބަލާއިރު، ވާހަކަތަކެއް ދައްކައި ބޮޑު ހަލަބޮލިކަމެއްގެ ތެރެއަށް އެއްވެސް ބަޔަކާއެކީގައި ދާން ބޭނުން ނުވާ ކަމަށެވެ. އެގޮތުން މިވަގުތު ބޭނުންވަނީ ގައުމުގެ މަސްލަހަތާއި، އަމާންކަމާއި، އުހްވަންތަކަން ދަމަހައްޓައި ނަގަހައްޓައިގެން ގައުމާއި ރައްޔިތުން ސަލާމަތުގެ އައްސޭރިއަކަށް ދަތުރުކުރުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރައީސް ޞާލިޙްގެ ވެރިކަމުގައި، ރާއްޖޭގެ ކުރިއެރުމަށް އެކި ރޮނގުރޮގުން ގިނަ މަސައްކަތްތަކެއް ފައްޓަވައިގެން އަހަރެއްހާ ދުވަސްވީތަނާއި ކޯވިޑް-19ގެ ބަލިމަޑުކަމާއި ކުރިމަތިލާން ޖެހުމުން ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާކަމަށާއި، އެހެންނަމެވެސް ލިބުނު މުއްދަތުގައި ސަރުކާރަށް މުހިއްމު މަސައްކަތަކެއް ކުރިވިފައިވާކަމަށް ޤަބޫލުކުރައްވާކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާޕާސަންކަމަށް ޖިހާދު
3 ދުވަސް ކުރިން
0
ނޫސްވެރިން ހިމާޔަތްކުރާނަން: ސަރުކާރު
5 ދުވަސް ކުރިން
0
ޔާމީންގެ ވަކީލު ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން
5 ދުވަސް ކުރިން
0
ރައީސް އޮފީހުން މިހާރު ބުނަނީ ނޫސްވެރިންނަށް ފޯނު ވެއްދޭނެ ކަމަށް!
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މުއިއްޒުގެ ރިޔާސީ ވައުދެއް ފުދެނީ؛ އިންޑިއާ ސިފައިން ހުސްވާން ބާކީ 7 ދުވަސް..!
6 ގަޑިއިރު ކުރިން
0
މާލޭ މަގުމައްޗަށް ކުނިއަޅާ ބިދޭސީއަކު ޑީޕޯޓުކޮށްލަނީ
6 ގަޑިއިރު ކުރިން
0
ނޫސްވެރިކަމަކީ ވަރަށް ތޫނު ހަތިޔާރެއް: ހަލީލު
7 ގަޑިއިރު ކުރިން
0
ބްރޯޑްކޮމް އާއި އެމްއެމްސީ އެއްކޮށްލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
8 ގަޑިއިރު ކުރިން
0