ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މެމްބަރު ޝަރީފުގެ ނަން އިއްވައި ތަޅުމުން ނެރެފި
އަލީ ރާޒީ
02 ޑިސެމްބަރ 2020 - 10:05
0
comments
Tweet
Telegram
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނު ވަގުތުގައި ހިނގާދިޔަ ޒުވާބަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފުގެ ނަން އިއްވައި ތަޅުމުން ނެރެފިއެވެ.
މަޖިލީހުގެ ޖަލްސާ މިއަދު ފެށުމަށް ތައްޔާރުވަމުން ދިއަ އިރު ވެސް، ޝަރީފް ގެންދެވީ، ކޯފާ އިސް ކުރައްވައި، ތަޅުމުގައި އަޑުގަދަ ކުރައްވަމުންނެވެ.
ނަމަވެސް، އޭނާ ކޯފާ ވެގެން އުޅުއްވަނީ ކޮން ކަމަކާ ކަމެއް ސާފެއް ނުވެ އެވެ. އަދި ރިޔާސަތަށް އިޝާރާތް ކުރައްވައި ވިދާޅުވަމުން ގެންދެވި ވާހަކަތަކެއް ވެސް ސާފެއް ނޫނެވެ.
ވަކި ހިސާބަކުން ރިޔާސަތުން ރައީސް ނަޝީދު ފުރަތަމަ އެންގެވީ ޝަރީފު ގަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށެވެ. ތަކުރާރުކޮށް އެގޮތަށް އެންގެވުމުން ވެސް ޝަރީފު އަޑުމަޑު ނުކުރެއްވުމުން އޭނާގެ ނަން އިއްވަވައި ޖަލްސާ ދޫކުރައްވައި ވަޑައިގަންނަވަން އެންގެވި އެވެ.
އެހެން ނަމަވެސް ޝަރީފް ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ.
ޝަރީފް ޖަލްސާއިން ނެރެން ސާޖަންޓް އެޓް އާމްސް އަށް ނަޝީދު އެންގެވީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި އިންނަވައިގެންނެވެ.
"ސާޖަންޓް އެޓް އާމްސް، މީނާ ނެރޭ. ސާޖަންޓް އެޓް އާމްސް، ސާޖަންޓް އެޓް އާމްސް މީނާ ނެރޭ،" އެމަނިކުފާނު އެދިވަޑައިގަތެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިޒުވާބު މަޖިލީހުގެ ތެރޭގައި ހިނގާފައިވަނީ "ބަޣާވާތު"ގެ ޒުވާބެއްގެ ތެރެއިން ކަމަށެވެ. މިއީ އާންމު މުޖުތަމައުގައި ހުންނަ ޖަޒުބާތުތައް ކަމަށާއި، މިކަންކަން މެމްބަރުންގެ މެދުގައި ހޫނުވެ ޒުވާބަށް ދިއުމަކީ ދެކެން ބޭނުންވާ މަންޒަރެއް ނޫންކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
11 ދުވަސް ކުރިން
0
މައިނޯރިޓީއަށް އިހުތިރާމްކުރާނަން: ސަލީމް
11 ދުވަސް ކުރިން
0
އާ މަޖިލިސް ހުވާ ކުރުން މޭ 28 ގައި
12 ދުވަސް ކުރިން
1
ޕީއެންސީގެ ކާމިޔާބީ އަށް ނަޝީދުގެ މަރުހަބާ
23 ދުވަސް ކުރިން
0
ސަފީރުންނަށް ރުހުން ދިނުން ލަސްވާތީ ރައީސްގެ ކަންބޮޑުވުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުޅުމާލެއިން މީޑިއާ ވިލެޖަށް ބިމެއް ކަނޑައަޅައިފި
60 މިނެޓް ކުރިން
0
ޓޫރިސްޓް ދެމަފިރިން ގެނބެމުން ދިޔަ ރިސޯޓް މުވައްޒަފަކު ސަލާމަތްކޮށްފި
1 ގަޑިއިރު ކުރިން
0
އެފްޑީސީން އާ ލޯގޯއެއް ތައާރަފުކޮށްފި
4 ގަޑިއިރު ކުރިން
0
ހަ ބައި އިލެކްޝަނެއްގެ ވޯޓުލުން ފަށައިފި
4 ގަޑިއިރު ކުރިން
0