ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކޮވިޑް19: ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ ގޮތެއް އޮއްތޯ ބަލަނީ
މަރިޔަމް އަނާ
14 ޑިސެމްބަރ 2020 - 17:16
0
comments
Tweet
Telegram
ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލާދިނުމަށް އެޤައުމުގެ ސަރުކާރުން އެދިފައިވާތީ އެކަމާއި މަޝްވަރާކުރަމުން އަންނަކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ކޮވިޑަށް ޖެހިގެން މަރުވާ މީހުން އެއްވެސް ދީނަކަށް ބެލުމެއްނެތި އަންދާލުމަށް ސްރީލަންކާ ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމާއި ގުޅިގެން ލަންކާ މުސްލިމުންގެ މެދުގައި ވަނީ ކަންބޮޑުވުންތައް އުފެދިފައެވެ. އަދި ބައެއް މީހުން އަނަނީ އިހްތިޖާޖުވެސް ކުރަމުންނެވެ.
ފޮރިން މިނިސްޓްރީ ވިދާޅުވީ ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ހަމަޖައްސާދިނުމަށް ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުވާފައިވާކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ، ރާއްޖޭގެ އެހީތެރިކަމަށް ލަންކާ ސަރުކާރުން އެދިފައި ވަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށެވެ.
"އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި އަދި ދިވެހިރާއްޖެއާ ސްރީ ލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންނެވެ،" ބަޔާނުގައިވެ އެވެ.
ކޮރޯނާވައިރަހަށް ޕޮޒިޓިވްވެގެން ސްރީލަންކާއިން މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދަން ޖެހޭ ކަމަށް އެގައުމުން ވަނީ ކަނޑައަޅައިފަ އެވެ.
އެގައުމުގެ މުސްލިމުން ދެކޮޅު ހެދުމުން ވެސް ސަރުކާރުން އަންނަނީ މުސްލިމުންގެ ހަށިތައް އަންދަމުންނެވެ. އެ މައްސަލައިގައި އެ ގައުމުގެ މުސްލިމުންނާ ސަރުކާރާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
ލަންކާ ސަރުކާރުން ބުނީ ރާއްޖޭގެ ވަކި ރަށެއްގައި ލަންކާ މުސްލިމުން ވަޅުލައިދޭނެ ކަމަށް ފޮރިން މިނިސްޓްރިން އަންގާފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން، އެއީ ކިހާ ފީސިބަލް ކަމެއްތޯ ބަލައި ގައިޑްލައިންތައް އެކުލަވާލުމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީއަށް މިހާރު އަންގާފައިވާ ކަމަށެވެ.
ޑރ. ހެމަންތަ ވިދާޅުވީ ލަންކާގެ ހެލްތު މިނިސްޓްރީން ގައިޑްލައިންތައް ތައްޔާރުކުރުމަށް ފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވާނެ ކަމަށެވެ.
ދުނިޔޭގައި ކޯވިޑް އެންމެ ހަލުވިކޮށް ފެތުރު ދުވަސްވަރު ލަންކާގައި އޮތީ އެ ބަލި ކޮންޓްރޯލްކޮށްފައެވެ. އެހެންނަމަވެސް މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އެ ޤައުމުގައި ކޯވިޑް އަންނަނީ ހަލުވިކަމާއިއެކު ފެތުރެމުންނެވެ. ލަންކާއިން މިހާތަނަށް 32,790 މީހުންނަށް މި ބަލި ޖެހި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 152 އަރާފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
ރާއްޖެއާ އޮތް ނުތަނަސްކަން ނައްތާލެވޭނެ: އިންޑިއާ
4 ދުވަސް ކުރިން
0
އދ.ގެ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރާއްޖެއިން ސަލާމަތީ މަޖިލީހަށް ގޮވާލައިފި
6 ދުވަސް ކުރިން
0
ސަރުކާރުން އެދިގެން އިންޑިއާއިން 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި
6 ދުވަސް ކުރިން
0
ޕާކިސްތާނުން ދިވެހިންނަށް ޕީއެޗްޑީ އާއި ހަމަޔަށް ކިޔަވަން ފުރުސަތު ހުޅުވާލައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޓެކްސީ ޑްރައިވަރަކު، ފަސިންޖަރަކު ކާރުން ބޭލި މައްސަލައެއްގައި ފިޔަވަޅު އަޅަނީ
10 ގަޑިއިރު ކުރިން
0
ސީ-ޓު-އެއާ ކާގޯ ހިދުމަތުގެ ދަށުން ފުރަތަމަ ފަހަރަށް މުދާ ފޮނުވައިފި
10 ގަޑިއިރު ކުރިން
0
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށް
11 ގަޑިއިރު ކުރިން
0
އައްޑު އާއި ފުވައްމުލަކަށް އޮރެންޖް އެލާޓް
11 ގަޑިއިރު ކުރިން
0