ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެއްވެސް ކޮންޓްރެކްޓަރަކަށް ފައިސާ ނުދީ ނޯންނާނެ: ފެނަކަ
މަރިޔަމް އަނާ
13 ޖެނުއަރީ 2021 - 19:48
0
comments
Tweet
Telegram
ފެނަކަ ކޯޕަރޭޝަނުގެ އެއްވެސް މަޝްރޫޢެއްގެ ކޮންޓްރެކްޓަރަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދޫނުކޮށް ނޯންނާނެކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.
ފެނަކައިން މިހެން ވިދާޅުވެފައިވަނީ ދިޔަރެސް ނޫހުގައި، "ފައިދާވި ފެނަކައަށް މަސައްކަތްކުރި ކޮންޓްރެކްޓަރުންނަށް މިލިއަނުން ފައިސާ ނުދީ އެބަހުރި" ގެ ނަމުގައި ޝާއިއު ކުރި އާޓިކަލާއި ގުޅިގެން މިއަދި ނެރުނު ނޫސްބަޔާނެއްގައެވެ.
އެކޯޕަރޭޝަނުން ވިދާޅުވީ އެއްވެސް އެކުންފުންޏާއެކު، އެއްބަސްވުމެއްގެ ދަށުން ކުރެވޭ މަސައްކަތެއްގައި، ކޮންމެ ކޮންޓްރެކްޓަރަކަށްވެސް ލިބިދޭންޖެހޭ ފައިސާ އެއެއްބަސްވުމެއްގެ ރޫޙާއި އެއްގޮތްވާގޮތަށް ނުދީ ނޯންނާނެކަމަށެވެ.
ފެނަކަ ކޯޕަރޭޝަނުންވަނީ މަދު ކޮންޓްރެކްޓަރުންގެ ފަރާތުން ލިބުނު މައުލޫމާތަކަށް ބަލައި ފެނަކައިގެ ބަހެއް ނުހޯދައި ހަޤީޤަތް އޮޅޭ މަޢުލޫމާތެއް އާއްމުކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ ރައްޔިތުންގެ މެދުގައި ފެނަކަ ކޯޕަރޭޝަންއާއި މެދުގައި ޝައްކާއި ވަހުމު އުފެއްދުމުގެ އިތުރުން ކުންފުނީގެ ނަން ކިލަނބުކުރުމަށް ކުރި ނާތަހުޒީބު ފިނޑި އަމަލެއްކަމަށްވެސް އެ ކޯޕަރޭޝަންގެ ބަޔާނުގައި ވެއެވެ.
ފެނަކަ އިން ބުނީ އިޚްލާޞްތެރިކަމާއި ތެދުވެރިކާމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ހިނދުކޮޅަކަށް ވެސް ފަސްޖެހުމަކާއި ނުލާ ޚިދުމަތުގެ މައިދާނުގައި އެކުންފުނިން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ނޫސްވެރިކަމަކީ ވަރަށް ތޫނު ހަތިޔާރެއް: ހަލީލު
3 ދުވަސް ކުރިން
0
ބްރޯޑްކޮމް އާއި އެމްއެމްސީ އެއްކޮށްލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި
3 ދުވަސް ކުރިން
0
ނޫސްވެރިކަމުގެ ކުރިމަގާ މެދު ކަންބޮޑުވުންތައް އެބަހުރި: އެމްޑީޕީ
3 ދުވަސް ކުރިން
0
ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދެނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިހާތަނަށް ފޮނުވާލީ އިންޑިއާގެ 51 ސިފައިން: ސަރުކާރުން
3 ގަޑިއިރު ކުރިން
0
އަރަބިއަން ޓްރެވަލް މާކެޓްގައި ރާއްޖެއަށް ޝަރަފުވެރި 4 އެވޯޑެއް
3 ގަޑިއިރު ކުރިން
0
ސައުދީ، ޗައިނާ އަދި ބަންގްލަދޭޝް އަށް އައްޔަންކުރާ ސަފީރުންނަށް މަޖިލީހުން ރުހުން ދީފި
3 ގަޑިއިރު ކުރިން
0
ބީއެމްއެލް އިން ހައުސިންގ އަށް އާ ލޯނާއި ފައިނޭންސިންގ ތައާރަފްކޮށްފި
4 ގަޑިއިރު ކުރިން
0