ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އުންމީދުކުރަނީ އަޅުގަނޑާ މެދު ފަތުރާ ވާހަކަތަކަށް ފިޔަވަޅު އަޅާނެކަމަށް: ރައީސް ނަޝީދު
މަރިޔަމް އަނާ
05 ޖެނުއަރީ 2022 - 01:21
0
comments
Tweet
Telegram
ލާދީނީ މީހެއް ކަމަށް ބުނެ، ފަތުރާ ވާހަކަތަކަށް ފިޔަވަޅު އަޅާނެކަމުގެ އުންމީދުގައި އެމަނިކުފާނު ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ޣައިރު ދީންތަކުގެ ޝިއާރުތައް ފަތުރާ ކަމަށް ބުނެ "ރައްޔިތުންގެ އިއްތިހާދު" އިން ފުލުހަށް މައްސަލައެއް ހުށަހަޅާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.
ރައީސް ނަޝީދާއި ހަވާލާދީ ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ފަރާތްތަކުން ދޭ ބަހުގެ ހަމަލާތަކާއި މީޑިޔާގެ ރިޕޯޓުތަކުގައި އެމަނިކުފާނަކީ އިސްލާމް ދީނުގެ އަސާސްތަކާ ހިލާފަށް އުޅޭ މީހެއްގެ ގޮތުގައި ތަސައްވުރެއް ކުރަހަން މަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވެފައިވާކަމަށް ބުނެފައެވެ.
"މިފަދަ ވާހަކަތައް އިންތިހާއަށް ނުރައްކާތެރިވެފައި، އޭގެ ހަމައެކަނި މަގްސަދަކީ އަޅުގަނޑުގެ ޖާނަށް ނުރައްކާ ދިނުމެވެ،"
ރައީސް
ނަޝީދު ވިދާޅުވިކަމަށް މަޖިލީހުގެ ބަޔާނުގައިވެ އެވެ.
އަދި ސިޔާސީ މަސްރަހުގައި، މިފަދަ ބަސްމަގުން އެމަނިކުފާނުގެ ޒާތަށް ކުޑައިމީސް ބަސް ރައްދުކުރުމަކީ، އެ ފަދަ ތައުހީނަކާ ނުލައި ސިޔާސީ ބަހުސެއް ނުކުރެވޭ ދަރަޖައަށް ގޮސްފައިވާ ކަމެއް ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނާ ދެކޮޅަށް އެއްލާ އެތިފަހަރުތަކުގެ ބަސްމަގު، ހަރުކަށި ފިކުރުގެ މީހުން ހިތާވާ ރާގަށް އަނބުރަމުން ދާތީ ކަންބޮޑުވާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެ ފަދަ ވާހަކަތައް، އިންތިހާއަށް ނުރައްކާތެރި ވެފައި، އޭގެ ހަމައެކަނި މަޤްޞަދަކީ އެމަނިކުފާނު ޖާނަށް ނުރައްކާ ދިނުން ކަމަަށްވާތީ ލާދީނީ މީހެއްކަމަށް ބުނެ، ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެކަމުގެ އުންމީދުގައި ހުންނެވި ކަމަށް އެ ބަޔާނުގައި
ރައީސް
ނަޝީދު ވިދާޅުވިއެވެ.
މިދިޔަ މެއި މަހު
ރައީސް
ނަޝީދު އަވަހާރަކޮށްލުމަށް ބޮމެއް ގޮއްވާލާފައި ވަނީ ވެސް، އެ މަނިކުފާނާ ދެކޮޅަށް ދީނީ ގޮތުން ގަބޫލުކުރި ކަންތައްތަކެއްގެ ސަބަބުން ކަމަށް އެ އަމަލު ހިންގި ކަމަށް އިއުތިރާފްވި އަހުމަދު އަދުހަމް ވަނީ ބުނެފަ އެވެ. އެކަމަށް އޭނާ މައާފަށް އެދިފައި ވާއިރު، އެ މައްސަލައިގައި އަދުހަމަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ބޭރުގައި އުޅުއްވުމަށް ފަހު
ރައީސް
ނަޝީދު ރާއްޖެ ވަޑައިގެންނެވީ ފަސް މަސް ފަހުން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ރާއްޖޭގައި ދީނީ ހަރުކަަށި ފިކުރު ފަތުރައި ނިރުބަވެރި ހަރަކާތްތައް ހިންގާ ވިއުގައެއް އުފެދިފައިވާ ކަމަށް ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ވިދާޅުވެއެވެ. ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ އިތުރުން، މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި، ބްލޮގަރު ޔާމީން ރަޝީދުއާއި، ނޫސްވެރިޔާ އަހްމަދު ރިލްވާން މަރާލުމުގެ ފަހަތުގައި ވަނީ ހަރުކަށި ފިކުރުގެ ބަޔެއް ކަމަށް ބުނެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
ވެރިކަން ގެއްލުނީ ނަޝީދުގެ ޓީމު ވަކިވުމުން: ސޯލިހް
4 މަސް ކުރިން
0
ރިސާލަތު ޕްރޮގްރާމު 2024 އިފްތިތާހުކޮށްފި
7 މަސް ކުރިން
0
އެކަކު އަނެކަކާ ޒާތީވުން ދޫކޮށްލަން އިންތިހާބީ ރައީސް ޑރ. މުއިއްޒު ގޮވާލައްވައިފި
8 މަސް ކުރިން
0
މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމުގައި ބައިވެރިވުމެއް ނޯންނާނެ: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުޅުމާލެއިން މީޑިއާ ވިލެޖަށް ބިމެއް ކަނޑައަޅައިފި
50 މިނެޓް ކުރިން
0
ޓޫރިސްޓް ދެމަފިރިން ގެނބެމުން ދިޔަ ރިސޯޓް މުވައްޒަފަކު ސަލާމަތްކޮށްފި
1 ގަޑިއިރު ކުރިން
0
އެފްޑީސީން އާ ލޯގޯއެއް ތައާރަފުކޮށްފި
4 ގަޑިއިރު ކުރިން
0
ހަ ބައި އިލެކްޝަނެއްގެ ވޯޓުލުން ފަށައިފި
4 ގަޑިއިރު ކުރިން
0