ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަނުކޮށްފި
ހުސެން ރަޝީދު
20 ސެޕްޓެމްބަރ 2022 - 11:05
0
comments
Tweet
Telegram
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ބޭފުޅަކު މިއަދު އައްޔަންކޮށްފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެ މަގާމަށް އައްޔަން ކުރެއްވީ ރ. އަނގޮޅިތީމު، ކަނީރުމާގެ، މުސްތަފާ ހަމީދެވެ. މުސްތަފާ ކުރިން ހުންނެވީ އިންތިގާލީ އިންސާފުގެ އޮފީހުގެ އިންވެސްޓިގޭޓަރެއްގެ މަގާމުގަ އެވެ.
ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ޖުޑީޝަލް ސައިންސް އެންޑް އިސްލާމިކް ޝަރީއާ ޕޮލިސީގެ ދާއިރާއިން މާސްޓާސް ސަނަދަށް މުސްތަފާ ގެންދަވަނީ ކިޔަވާ ވިދާޅުވަމުންނެވެ.
އިސްލާމީ ޔުނިވަސިޓީއިން ޝަރީއާ އެންޑް ލޯގެ ދާއިރާއިން މުސްތަފާ ވަނީ ބެޗެލަރސް ސަނަދު ހާސިލު ކުރައްވައިފައެވެ. އަދި އޭގެ އިތުރުން، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދާއިރާއިން މުސްތަފާ ވަނީ ތަމްރީނު ފުރިހަމަ ކުރައްވައިފައެވެ.
އޮމްބަޑްސްޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަރިޔަމް ލައިޒާ އިސްތިއުފާ ދެއްވުމުންނެވެ. ލައިޒާ އިސްތިއުފާ ދެއްވީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.
ގާނޫނު ބުނާ ގޮތުން އެ މަގާމު ހުސްވާތާ 15 ދުވަސް ތެރޭގައި ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ. އެ މުއްދަތު މިއަދު ހަމަވާނެ އެވެ.
މި އޮފީހުގެ މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނާގޮތުންނަމަ، އެ ގާނޫނުގެ ދަށުން ވުޖޫދުވި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައި، ތަހުގީގުކޮށް ނިންމަން ދީފައި އޮންނަނީ ދެ އަހަރު ދުވަހުގެ މުހުލަތެކެވެ. އެ މުއްދަތު މި އަހަރުގެ ނިޔަލަށް ހަމަވާނެ އެވެ.
އޮފީހުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ގިނައީ ގެދޮރާއި ބޯހިޔާވަހިކަމުގެ މައްސަލަތަކެވެ. އަދި އޭގެ އިތުރުން ވެސް ކުރީގެ މުހައްމަދު އަމީން ހަވަރަށް ދިނުމާއި، ގދ. ތިނަދޫ ފަޅުކޮށްލުން ފަދަ ބޮޑެތި އަދި ތާރީހީ މައްސަލަތައް ވެސް އެ އޮފީހުގައި އެބަ އޮތެވެ. އެ މައްސަލަތައް މިހާރު އެ އޮފީހުން ތަހުގީގުކުރަން ފަށާފައިވާއިރު، ބައެއް މައްސަލަތަކުގައި ތާރީހީ ލިޔެކިޔުންތައް ނުބެލެހެއްޓި ހުރުމުން އެކި ކަހަލަ ދަތިތަކާ ކުރިމަތިވާ ކަމަށް އެ އޮފީހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާޕާސަންކަމަށް ޖިހާދު
4 ދުވަސް ކުރިން
0
ނޫސްވެރިން ހިމާޔަތްކުރާނަން: ސަރުކާރު
6 ދުވަސް ކުރިން
0
ޔާމީންގެ ވަކީލު ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން
6 ދުވަސް ކުރިން
0
ރައީސް އޮފީހުން މިހާރު ބުނަނީ ނޫސްވެރިންނަށް ފޯނު ވެއްދޭނެ ކަމަށް!
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުޅުމާލެއިން މީޑިއާ ވިލެޖަށް ބިމެއް ކަނޑައަޅައިފި
16 ގަޑިއިރު ކުރިން
0
ޓޫރިސްޓް ދެމަފިރިން ގެނބެމުން ދިޔަ ރިސޯޓް މުވައްޒަފަކު ސަލާމަތްކޮށްފި
16 ގަޑިއިރު ކުރިން
0
އެފްޑީސީން އާ ލޯގޯއެއް ތައާރަފުކޮށްފި
19 ގަޑިއިރު ކުރިން
0
ހަ ބައި އިލެކްޝަނެއްގެ ވޯޓުލުން ފަށައިފި
19 ގަޑިއިރު ކުރިން
0