ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރާއްޖޭގެ ސިއްހީ ދާއިރާގެ ދިރާސާތައް ހިމެނޭ ފޮތެއް އާންމުކޮށްފި
މަރިޔަމް އަނާ
10 އޮކްޓޫބަރ 2022 - 14:01
0
comments
ހެލްތު މިނިސްޓަރު ނަސީމް ފޮތް ނެރެދެއްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
Tweet
Telegram
ރާއްޖޭގައި ސިއްހީ ދާއިރާއާ ގުޅޭގޮތުން ހަދާފައިވާ ދިރާސާތައް ހިމެނޭ ފޮތެއް މިއަދު ނެރެފި އެވެ.
"ކޮމްޕޮންޑިއަމް އޮފް ހެލްތު ރިސާޗް އިން މޯލްޑިވްސް" ގެ ނަމުގައި ނެރުނު ފޮތުގައި 2018-2021 ވަނަ އަހަރާ ދެމެދުގެ ރިސާޗްތައް އާއްމުކޮށްފައިވެ އެވެ.
އެ ފޮތުގައި 30 އަށް ވުރެ ގިނަ ސިއްޙީ ދިރާސާތަކުގެ އެބްސްޓްރެކްޓް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި، ބަލިތަކުން ރައްކާތެރިވުމާއި، ބަލިތަކަށް ފަރުވާދިނުމާއި، ސިއްހީ ހިދްމަތްތައް ފަދަ މައުލޫތަކަށް ހެދިފައިވާ ދިރާސާތައް ހިމެނޭ ކަމަށެވެ އަދި ކޮވިޑް-19އާ ގުޅޭގޮތުން ފާއިތުވި 2 އަހަރުގެ ތެރޭގައި ހެދިފައިވާ ދިރާސާތައްވެސް އެ ފޮތުގައި ހިމަނާފައިވާނެ ކަމަށް މިނިސްޓްރީއިން ބުނެ އެވެ.
ހެލްތް މިނިސްޓްރީއިން ބުނީ އެ ފޮތުގެ ޒަރިއްޔާއިން ސިއްޙީ ދިރާސާކުރާ ފަރާތްތަކަށާއި ދިރާސާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ބޭނުންތެރި، ފެންވަރު ރަގަޅު ދިރާސާތަކެއް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އެ ފޮތް ނެރެދެއްވީ، ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.
އެ ރަސްމިއްޔާތުގައި ނަސީމް ވިދާޅުވީ ސިއްހީ ދާއިރާއާ ގުޅޭ ދިރާސާކުރުން އެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ވަރަށް މުހިއްމު ކަމަށެވެ. އަދި އެފަދަ ހޯދުންތަކުގެ އަލީގައި ބަލިމަޑުކަމުން ރައްކާތެރިވުމަށާއި ބަލިތަކުން ފަރުވާ ހޯދޭނެ ގޮތްތައް ދެނެގަނެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތްތައް އެނގިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސިއްހީ ދިރާސާކުރުމުގެ ގާބިލްކަމާއި ހުނަރު ހުރި މީހުން ރާއްޖޭގައި އެބަތިބި ކަމަށެވެ. ނަމަވެސް އެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށާއި ފަސޭހަކަމާ އެކު އިތުރު ވަސީލަތްތަކާއި ފަންޑިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މިނިސްޓްރީގެ ޒިންމާއެއް ކަމަށް ނަސީމް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
ހުރިހާ އަތޮޅު ހޮސްޕިޓަލުގައި މިއަހަރު ޑައިލިސިސް ހަދަން ފަށަނީ
4 ދުވަސް ކުރިން
0
އިންޑިއާގެ ހަވާދު ބްރޭންޑްތަކެއް ރާއްޖޭގައި މަނާކޮށްފި
24 ދުވަސް ކުރިން
0
ސިއްހަތަކީ ހަމައެކަނި ފަރުވާގެ ހިދުމަތެއް ނޫން: ޑރ. ހަލީލް
1 މަސް ކުރިން
0
އެއާ އެމްބިއުލާންސް ސީޕްލޭންގެ ފުރަތަމަ ދަތުރުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދިރާގަށް ފުރަތަމަ ކުއާޓަރުގެ އާމްދަނީއަށް 698.5 މިލިއަން ރުފިޔާ
8 ގަޑިއިރު ކުރިން
0
ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ އިތުރު ޓެލްގްރާމް ޗެނަލެއް ބަންދުކޮށްފި
9 ގަޑިއިރު ކުރިން
0
ދިއްދޫގައި ގާލްސް ޓު ކޯޑް ޕްރޮގްރާމް ބާއްވަނީ
10 ގަޑިއިރު ކުރިން
0
ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީއަށް 4.5 ބިލިއަން ރުފިޔާ
11 ގަޑިއިރު ކުރިން
0