ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސް ޔާމީން ވަޑައިގަންނަވަނީ
އަލީ ރާޒީ
22 އޮކްޓޫބަރ 2022 - 19:03
0
comments
Tweet
Telegram
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން، ރައީސް ޔާމީން އެ ރަށްރަށް ވަޑައިގަތުމަށް އެދެމުން ދާ ކަމަށެވެ.
އެގޮތުން އެންމެ އަވަހަށް އެމަނިކުފާނު ދަތުރުކުރައްވާނީ މި މަހުގެ 25ވަނަ ދުވަހުން ފެށިގެން 28ވަނަ ދުވަހާ ހަމައަށް ނ. އަތޮޅަށެވެ.
އެ އަތޮޅުގެ ހަ ރަށަކަށް އެމަނިކުފާނު ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ނ. ކެނދިކުޅުދޫ، ނ. މަނަދޫ، ނ. ހޮޅުދޫ، ނ. ވެލިދޫ، ނ. މިލަދޫގެ އަދި ނ. މަގޫދޫ ހިމެނެއެވެ.
މި ދަތުރުފުޅުގައި ނ، މަގޫދޫ ޑަބްލިުޑީސީ ބައި އިލެކްޝަންގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓުގެ ކެމްޕޭން ހަރަކާތްތަކުގައިވެސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އަންނަ މަހު އައްޑޫ ސިޓީއާއި ފުވައްމުލަކަށް ވެސް އެމަނިކުފާނު ވަޑައިގަންނަވަން ވަނީ ނިންމަވާފައެވެ. ހަމަ އެ މަހުގެ ތެރޭގައި ގދ. އަތޮޅާއި ފުވައްމުލަކު ސިޓީއަށް ވެސް ރައީސް ޔާމީން ވަޑައިގަންނަވާ ދަތުރުތަކެއް ރޭވެމުންދާ ކަމަށް ވެސް ހިނާ ވިދާޅުވިއެވެ.
"މިހާރު ކަނޑައެޅިފަ އޮތް ޑޭޓަކީ ނޮވެމްބަރު ތިނެއް. އެކަމު ހަމަ ބަދަލެއް އައިސް ދާނެ ޑޭޓަށް. އެހެންވިޔަސް ނޮވެމްބަރު މަހު އައްޑޫ ސިޓީއަށް އެމަނިކުފާނު ވަޑައިގަންނަވާނެ،" އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ދާދި ފަހުން ހއ. އަތޮޅުގެ ހަ ރަށަކަށް ވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ޒިޔާރަތް ކުރައްވާފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
ޔާމީންގެ ވަކީލު ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން
7 ދުވަސް ކުރިން
0
ޔާމީނުގެ ރިޔާސަތުގައި ޕީއެންއެފްގެ ފުރަތަމަ ސެނެޓް ބާއްވައިފި
12 ދުވަސް ކުރިން
0
ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމަށް ހީނާ
17 ދުވަސް ކުރިން
0
އިންޑިއާ އައުޓް ކެމްޕޭނަށް ނިކުންނާނަން: ޔާމީން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރާއްޖެ-އެމެރިކާ ސިފައިންގެ ތަމްރީނުތަކެއް ފަށައިފި
2 ގަޑިއިރު ކުރިން
0
ޓްރޭޑްމާކް ބިލާ ގުޅޭ މަޝްވަރާ ސެމިނާއެއް ފަށައިފި
2 ގަޑިއިރު ކުރިން
0
ފިނޭންސުން އެދިގެން އީސީގެ މެމްބަރުން އިނާޔަތްތަކާއެކު ރިޓަޔާވެވޭ ގަވާއިދު އުވާލައިފި
3 ގަޑިއިރު ކުރިން
0
މޯލްޑިވިއަންއިން ކޮޗިންނާއި ޓްރެވިންޑްރަމްއަށް އިތުރު ދަތުރުތަކެއް ކުރަނީ
3 ގަޑިއިރު ކުރިން
0