ޚަބަރު
ޒަމްޒަމް ފާރިޝް ސަސްޕެންޑް ކުރީ ގޯސްކޮށް ކަމަށް ޓްރައިބިއުނަލުން ނިންމައިފި
ޝައިހް ޒަމްޒަމް ފާރިޝް
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރާއި ދެކޮޅު ހެދުމުން އަރަބިއްޔާ ސުކޫލުގެ ހަދީސް ޓީޗަރު އައްޝައިހް ޒަމްޒަމް ފާރިޝް ސަސްޕެންޑް ކުރީ ގޯސްކޮށް ކަމަށް ޓްރައިބިއުނަލުން ނިންމައިފި އެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ 21 ގައި އެންމެ ފުރަތަމަ ޒަމްޒަމް ފާރިޝް ސަސްޕެންޑް ކުރީ މުސާރަ ނުލިބޭ ގޮތަށް މަސް ދުވަހަށެވެ. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން އޭނާއަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރެވުނީ "އޮޅުމަކުން" ކަމަށް ފަހުން ބުނެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ތަފާތު އެކި ކަންކަމަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުކިޔަމުން އައި ޒަމްޒަމް ފާރިޝްގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައާ ގުޅިގެން އެތަނުން ކުރި އަމުރުގައި ބުނީ ޒަމްޒަމް ފާރިޝް، ވަޒީފާއަށް ނުކުތުން މަނާކޮށްފައި ވަނީ ސިވިލް ސާވިސް ގަވާއިދު 2014 ގެ 258 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ވަޒަންކުރުމަކާ ނުލައި ކަމަށް ބުރަވެވޭ ކަމަށެވެ.

އެހެންކަމުން ޒަމްޒަމްގެ ސަސްޕެންޝަން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބާތިލުކުރުމަށް ފަހު، އެކަން ހަމަޖެހޭތާ ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް ސީއެސްސީއަށް ޓްރައިބިއުނަލުން ވަނީ އަންގާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު