ވިޔަފާރި
ވިލާ ކޮލެޖްގެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި
ވިލާ ކޮލެޖުން އަންނަ އަހަރަށް ހުޅުވާލާ ސްކޮލާޝިޕުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކޮލެޖުގެ ސްކޮލާޝިޕް ސްކީމް 2023، އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ވިލާ ކޮލެޖުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގަ އެވެ.

އެ ކޮލެޖަށް އަންނަ އަހަރަށް، 3 ސްކޮލަރޝިޕް ދާއިރާއަކުން 7 ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 16 އެވެ.

އެއީ ވިލާ އޯޕަން ސްކޮލަރޝިޕް، ވިލާ އިންޓަނޭޝަނަލް ހައިސްކޫލް ސްކޮލަރޝިޕް އަދި އެލަމްނައި ސްކޮލަރޝިޕްއެވެ. އޯޕަން ސްކޮލަރޝިޕްގެ 3 ފުރުޞަތު ހުޅުވާލާފައިވާއިރު، އޭގެތެރޭގައި ފައުންޑޭޝަން، ޑިގްރީ އަދި މާސްޓަރސް ލެވެލްގެ ފުރުޞަތު ހިމެނެއެވެ. ވިލާ ހައި ސްކޫލުން ގްރެޖްވުއޭޓްވާ ދަރިވަރުންނަށް ހުޅުވާލާފައިވަނީ ސްކޮލަރޝިޕްގެ 2 ފުރުޞަތު ހިމެނެއެވެ. މާސްޓަރސް އަދި ޑިގްރީ ފެންވަރު ހިމެނޭހެން، އެލަމްނައި ސްކޮލަރޝިޕަށް ހުޅުވާލާފައިވަނީ 2 ފުރުޞަތެވެ.

ވިލާ ކޮލެޖުން 2016 ވަނަ އަހަރު ތައާރަފް ކުރި ސްކޮލަޝިޕް ސްކީމްގެ ދަށުން މިހާތަނަށް 34 ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖުން ބުނީ، ކުރިއަށް އޮތް ތަނުގައި އެ ކޮލެޖުގެ އަތޮޅުތެރޭގެ ކެމްޕަސްތަކުން، ރަށު ކައުންސިލްތަކާ ގުޅިގެން، ކެމްޕަސްތަކުގައި ކިޔެވުމަށް ހާއްސަކޮށްގެން ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕްތައް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ކޮލެޖުން އިތުރަށް ބުނީ:

  • މި ސްކޮލަޝިޕްތައް ހާއްސަކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކުގައި ކިޔަވާ ދަރިވަރުންނަށް
  • މިއަށް ކުރިމަތިލާ އިރު، އެ ކުރިމަތިލާ ކޯހަކުން ކިޔެވުމަށް ޕްލޭސްމަންޓް ލިބިފައި އޮންނަން ޖެހޭ
  • ސްކޮލަޝިޕާ ބެހޭ މައުލޫމާތު މާލޭގައި ހުންނަ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަސް، ވިލާ ކޮލެޖުގެ ސޯޝަލް މީޑިއާ އަދި ވެބްސައިޓުން ލިބެން ހުންނާނެ
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު