ވިޔަފާރި
ކުކުޅު ފިހާރައިން ވިއްކާ ލެގް ކުއާޓާރ ކޭހަކުން 150ރ. ހެޔޮކޮށްފި
"ކުކުޅު ފިހާރަ" އިން ލެގް ކުއާޓާރ ކޭހަކުން 150ރ. އަގުހެޔޮ ކުރުމަށް ފަހު ވިއްކަން ފަށައިފި އެވެ. 

ކުކުޅު ފިހާރައިން ބުނީ، ކުރިން 650 ރުފިޔާ އަށް ވިއްކި ކުކުޅު ލެގް ކުއާޓާރ ކޭހަކުން 150 ރުފިޔާ ހެޔޮކޮށް މިހާރު ވިއްކަމުން ދަނީ 500 ރުފިޔާ އަށް ކަމަށެވެ.  

ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބެން ހުރެ އެވެ. 

ކުކުޅު ފިހާރައިން ރާއްޖޭގެ ރިސޯޓްތަކަށް ވެސް ސަޕްލައި ކުރާތީ ކޮލިޓީ އަދި ފްރެޝް ސާމާނު ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަން ދެއެވެ. އަދި އަތޮޅު ތެރޭގެ 86 ޕަސެންޓް ރަށްތަކަށް ވެސް ސަޕްލައި ކުރަނީ ކުކުޅު ފިހާރައިން ނެވެ. 

މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ވެސް ދެއެވެ.  

ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ. ނިމުނު ރޯދަ މަހުވެސް އެފިހާރައިން ވަނީ ގިނަ މުދާ އަގުހެޔޮށް ދޫކޮށްފަ އެވެ.   

ކިޔުންތެރިންގެ ޝުއޫރު
63%
25%
13%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު