ވިޔަފާރި
ކުކުޅު ފިހާރައިން ކްރިސްޕީ ޗިކަން ބާގަރ ޕެޓީޒް ބާޒާރަށް ނެރެފި
ތައްޔާރުކޮށްލަން ފަސޭހަ އަނގަޔަށް މީރު ކްރިސްޕީ ޗިކަން ބާގަރ ޕެޓީޒް ކުކުޅު ފިހާރައިން ބާޒާރަށް ނެރެފި އެވެ.

ތުރުކީގެ އުފެއްދުމެއް ކަމުގައިވާ ކްރިސްޕީ ޗިކަން ބާގަރ ޕެޓީޒް ސަބަބުން ރެސްޓޯރަންޓްއަށް ނުގޮސް ފަސޭހައިން މީރު ބާގަރ އެއް އަމިއްލަ އަށް ގޭގައި ތައްޔާރުކޮށްލުމަށް މަގުފަހިވެ ޖީބަށް ލުއި ވެއެވެ. 

ފިނިކުރި ކާބޯތަކެތި ރާއްޖެ އެތެރެކޮށް ފުޅާ ދާއިރާއެއްގައި ވިއްކާ ކުކުޅު ފިހާރައިން އަބަދުވެސް ރާއްޖޭގެ ބާޒާރަށް ތަފާތު އާ އުފެއްދުންތައް ތައާރަފުކުރެއެވެ. އަދި އެތަކެތި ދިވެހިންނަށް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމްތައް ހަމަޖައްސަ އެވެ.

"ކުކުޅު ފިހާރަ" އިން ނިމުނު ހަފްތާގައި ވަނީ ހިލޭ ކުކުޅު ކޭހެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފަ އެވެ. 

ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބެން ހުރެ އެވެ. 

ކުކުޅު ފިހާރައިން ރާއްޖޭގެ ރިސޯޓްތަކަށް ވެސް ސަޕްލައި ކުރާތީ ކޮލިޓީ އަދި ފްރެޝް ސާމާނު ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަން ދެއެވެ. އަދި އަތޮޅު ތެރޭގެ 87 ޕަސެންޓް ރަށްތަކަށް ވެސް ސަޕްލައި ކުރަނީ ކުކުޅު ފިހާރައިން ނެވެ. 

މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ވެސް ދެއެވެ.  

ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ. ނިމުނު ރޯދަ މަހުވެސް އެފިހާރައިން ވަނީ ގިނަ މުދާ އަގުހެޔޮށް ދޫކޮށްފަ އެވެ.   

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު