ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ތިލަފުށީ ދެ ފިޔަވަހިން ދިވެހިންނަށް އަނެއްކާ ވެސް ބިން ވިއްކަނީ
ހަސަން ހަލީމް
02 މެއި 2024 - 23:38
0
comments
Tweet
Telegram
ތިލަފުށިން އަލަށް ހިއްކި ސަރަހައްދު (ތިލަފުށި ފޭސް 2) އިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަލުން ހުޅުވާލަައިފި އެވެ.
އެގޮތުން ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައި ވަނީ ތިލަފުށީ ޒޯން އޭގެ އޭރިޔާ ބީގައި މިހާތަނަށް ނުވިކިހުރި ބިންތަކެވެ. ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ ޖުމުލަ 108 ބިން ވިއްކުމަށް ކަނޑައެޅިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
ޓައިޕް 1، 4999 - 2500 އަކަފޫޓު، 64 ގޯތި
ޓައިޕް 2، 9999 - 5000 އަކަފޫޓު، 42 ގޯތި
ޓައިޕް 3، 10000 - 14999 އަކަފޫޓު، 2 ގޯތި
ތިލަފުށީގެ ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.
ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން، ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އޮންލައިން
ޕޯޓަލް
މެދުވެރިކޮށެވެ. ޕޯޓަލް މެދުވެރިކޮށް ނޫން ގޮތަކަށް ބިން ގަތުމަށް އެދޭ ފަރާތްތަކުން
އިއުލާނާއެކު
އެކީވާ ފޯމު ފުރިހަމަކޮށް، Sales@hdc.mv އަށް އީމެއިލް ކުރުމަށް އެޗްޑީސީން އެދިފައިވެ އެވެ.
ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެ ކަމަށްވާއިރު، އެތަނުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރެ އެވެ.
ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމާއެކު، މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމަށް ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބޭނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ހިޔާގެ ހަތަރު ޓަވަރެއްގެ ލިފްޓުތައް ނިންމައި ޓެސްޓު ކުރަން ފަށައިފި
4 ދުވަސް ކުރިން
0
އެޗްޑީސީގެ ބޯޑު މެންބަރުގެ މަގާމުން މުހައްމަދު ވަހީދު ވަކިކޮށްފި
7 ދުވަސް ކުރިން
0
ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ތަނބު ތިލަމާލެ ބްރިޖުގައި ގާއިމްކޮށްފި
15 ދުވަސް ކުރިން
0
ފަޒުލް އާއި ފަޒީލް ހިމެނޭހެން ހިފެހެއްޓި ޕާސްޕޯޓުތައް ދޫކޮށްލައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް ޑިރެކްޓަ ޖެނަރަލެއް ހޯދަނީ
20 ގަޑިއިރު ކުރިން
0
މިހާތަނަށް ބައި މިލިއަނެއްހާ ގަސް އިންދައިފި
21 ގަޑިއިރު ކުރިން
0
ދަތުރުފަތުރުގެ ހާދިސާތައް ތަހުގީގު ކުރަން ބޯޑެއް
21 ގަޑިއިރު ކުރިން
0
އާ ހިދުމަތްތަކަކާ އެކު އުރީދޫން އަހަރީ ދުވަހުގެ ކެމްޕެއިން ލޯންޗުކޮށްފި
21 ގަޑިއިރު ކުރިން
0