ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް ޑިރެކްޓަ ޖެނަރަލެއް ހޯދަނީ
އިސްމާއިލް ރިޒާ
09 އޭޕްރީލް 2025 - 18:46
0
comments
Tweet
Telegram
ތެލެސީމިއާ ސެންޓަރަށް ދާއިމީ ޑިރެކްޓާ ޖެނެރަލެއް ހޯދަން އިއުލާންކޮށްފި އެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 17 ވަނަ ދުވަހާހަމައަށް ވަނީ ހުޅުވާލާފަ އެވެ.
ތެލެސީމިއާ ސެންޓަރަށް ދާއިމީ ޑީޖީއެއް ހޯދަން އިއުލާން ކުރިއިރު، އެ ސެންޓަރުގެ ހާލަތު ދަށްވަމުންދާ ކަމަށް ބުނެ ދާދިފަހުން މުޒާހަރާ ކުރުމުން އެ މަގާމަށް ވަގުތީ ގޮތުން ބޭފުޅަކު ވަނީ ހަމަޖައްސައިފަ އެވެ. މިދިޔަ މަހުގެ 24 ވަނަ ދުވަހު އެ މަގާމަށް އައްޔަން ކުރެއްވީ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލަކަށް އެންމެ ފަހުން ހުންނެވި އަދި ސިއްހީ ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި އަހުމަދު މައުސޫމެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ސިއްހަތާ ގުޅުންހުރި ދާއިރާއަކުން ގައުމީ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ހުރުން ހިމެނެ އެވެ. އަދި އޭގެ ތެރެއިން މަދުވެގެން ދެ އަހަރުގެ މުއްދަތަކީ ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މުއްދަތަށް ވާންޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.
މީގެ އިތުރުން މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާމީހުންނަށްވެސް އެ މަޤާމަށް ކުރިމަތިލެވޭނެ އެވެ. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މީހަކަށްވެސް ވާންޖެހެ އެވެ.
ތެލެސީމިއާ ސެންޓަރުގެ ހާލަތު ބެއްލެވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައިވަނީ އެ ސެންޓަރުގެ ކަންކަން ވަގުތުން ހައްލުކޮށް އިތުރަށް ބޭނުންވާ މުވައްޒަފުން ހޯދަން ވެސް އަންގަވާފައިވާނެ ކަމަށެވެ.
ޑީޖީއަށް މުސާރައިގެ ގޮތުގައި 21،884ރ. އާއި މަގާމުގެ އެލަވަންސްގެ ގޮތުގައި 12،534ރ. އަދި މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 339ރ. އާއެކު މަހެއްގެ މައްޗަށް ޖުމްލަ 40،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
13 ދުވަސް ކުރިން
0
ތެލެސީމިއާ ސެންޓަރުން ހިދުމަތްދޭ ވަގުތު އިތުރުކޮށްފި
20 ދުވަސް ކުރިން
0
ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ސިފައިން ފަށައިފި
22 ދުވަސް ކުރިން
0
މަހެއް ތެރޭ ތެލަސީމިއާ ސެންޓަރު ނިންމަން ސިފައިންނާ ހަވާލުކޮށްފި
24 ދުވަސް ކުރިން
0
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް މައުޞޫމް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފަސް މަސް ތެރޭގައި 470 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ރައީސް
13 ގަޑިއިރު ކުރިން
0
އަންނަ މަހު 3ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނަން: ރައީސް
13 ގަޑިއިރު ކުރިން
0
ބުރުނު ބޮމައިގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި
16 ގަޑިއިރު ކުރިން
0
އުރީދޫން ރިސޯޓް މުވައްޒަފުންނަށް ހާއްސަ ގޭމިން މުބާރާތެއް ބާއްވަނީ
16 ގަޑިއިރު ކުރިން
0