މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް މައުޞޫމް
ހުމާ ނަސީމް
24 މާޗް 2025 - 17:28
0 comments
ތެލެސީމިއާ ސެންޓަރުގެ އާ ޑީޖީ އަހުމަދު މައުސޫމް.
އަށް އަހަރު ފަހުން ތެލެސީމިއާ ސެންޓަރު ޑިރެކްޓަ ޖެނެރަލަކު ސަރުކާރުން މިއަދު އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވިދާޅުވީ ޞިއްހީ ވުޒާރާގެ ދަށުން ހިންގަމުންގެންދާ މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް އަހުމަދު މަޢުޞޫމް މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.
އަޙްމަދު މަޢުސޫމަކީ މެނޭޖްމަންޓް ދާއިރާގައި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. މީގެ ކުރިން މަޢުސޫމް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައިވެސް މަސައްކަތް ކުރައްވާފައެވެ. ޒަމާންތަކަކަށް ފަހު މޯލްޑިވްސް ބްލަޑް ސާވިސް އަށް ޑިޖީއަކު މި އައްޔަން ކުރެއްވީ ތެލެސީމިއާ ސެންޓަރުގެ މައްސަލަތަކާ މެދު ތެލެސީމިއާ ފަރުވާ ހޯދާ ބައެއް މީހުން އިއްޔެ ރޭ ކުރި އިހުތިޖާޖާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އެ ތަނަށް ވަޑައިގެން ވައުދުވެވަޑައިގެންނެވި ގޮތުގެ މަތިންނެވެ.
ކިޔުންތެރިންގެ ޝުއޫރު