ޚަބަރު
ބޯންމެރޯ ޓްރާންސްޕްލާންޓަށް ދިޔަ ހަ ކުއްޖަކު ފަރުވާއަށްފަހު، ރާއްޖެ އަތުވެއްޖެ
ތެލަސީމިއާ ކުއްޖަކު ލޭ އަޅާނީ: ބޯންމެރޯ ޓްރާންސްޕްލާންޓަށް ދިޔަ ހަ ކުއްޖަކު ފަރުވާއަށްފަހު، ރާއްޖެ އައުން
ރައީސުލްޖުމްހޫރިއްޔާޣެ ވަޢުދާއެއްގޮތަށް ތެލެސީމިއާ ކުދިންގެ ތެރެއިން މިދިޔަ އަހަރު ބޯން މެރޯ ހެދުމަށް ފޮނުވި 6 ކުއްޖަކު ބޯންމެރޯ ހެދުމަށްފަހު ރާއްޖެއައިސްފިއެވެ. ބޯންމެރޯ ހަދަނީ ކޮންމެ އަހަރަކު ވަކި ޢަދަދަކަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވައިގެންނެވެ. 

މިދިޔަ އަހަރުގެ އެކި ދުވަސްވަރުގެ މަތިން 14 ކުއްޖަކު ބޯން މެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. އޭގެތެރެއިން 6 ކުއްޖަކު މިހާރު ބޯންމެރޯ ޓްރާންސްޕްލާންޓް ކާމިޔާބުކަމާއެކު ހެދުމަށްފަހު ރާއްޖެވަނީ އައިސްފައެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެތަނުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވި ހަ ކުއްޖަކު ފަރުވާއަށް ފަހު އެނބުރި ރާއްޖެއަށް އައިސްފައިވާ ކަމަށެވެ.

އެކަމަކީ ތެލެސީމިއާ ކުދިންނަށް އިތުރު ފަރުވާ ހޯދައިދޭން ކުރާ މަސައްކަތް ހާމަވާ ކަމެއް ކަމަށް ބްލަޑް ސާވިސަސްއިން ބުނެފައިވެ އެވެ.

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލަސީމިއާ އާބާދީ އެންމެ ބޮޑު އެއް ޤައުމެވެ. ރާއްޖޭގެ ތެލަސީމިއާ ދަފްތަރުގައި 959 މީހުން ރެޖިސްޓަރކޮށްފައިވާއިރު، 666 މީހުން މިވަގުތު ދުނިޔޭގައި އެބަތިއްބެވެ. ރާއްޖޭގެ މުޅި އާބާދީގެ %16.6 މީހުންނަކީ ތެލަސީމިއާ ވާރުތަކުރާގޮތް ހުންނަ މީހުންނެވެ. ތެލަސީމިއާ މީހުންގެ ދެބައިކުޅަ އެއްބައި އާބާދީ ދިރިއުޅެނީ މާލެ ސަރަޙައްދުގަ އެވެ.

މީގެ ކުރިން ބޯންމެރޯ ކްރޮސްމެޗް ޓެސްޓަކީ ވަރަށް ދަތި ހާލުން ހެދޭ އެއްޗެކެޗެވެ. އެގޮތުން، ބޯންމެރޯ މެޗްކުރުމަށް ހަދާ ޓެސްޓު ވެސް ޑޯނާއާއި ބަލިމީހާ ރާއްޖޭން ބޭރަށް ގޮސްގެން ނޫނީ ނުހެދެ އެވެ. އެހެން ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތީން މިހާރު ރާއްޖޭގައި ތިބެގެން އެ ޓެސްޓް ހެދޭނެ އިންތިޒާމް ވަނީ ސަރުކާރުން ހަމަޖައްސާފަ އެވެ.

އޭގެއިތުރުން، ތެލެސީމިއާގެ ފަރުވާ ހޯދާ ކުދިންނަށް މި ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ގާއިމް ކުރަން މަސައްކަތް ފަށާފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު