އެޗްއާރްސީއެމްގެ ނައިބު ރައީސްގެ މަގާމަށް މޫމިނާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
އަލީ ރާޒީ
20 ޖެނުއަރީ 2025 - 11:09
0 comments
އެޗްއާރްސީއެމްގެ ނައިބު ރައީސަކަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދެއްވި މުއުމިނާ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މުއުމިނާ ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.އެޗްއާރްސީއެމްގެ ނައިބު ރައީސްގެ މަގާމަށް މޫމިނާ އައްޔަން ކުރަން ފެންނަ ކަމަށް މިއަދު މަޖިލީހަށް ހާޒިރުވި 67 މެންބަރަކު ވޯޓު ދިނެވެ. ހާޒިރުވެ، ތިން މެންބަރަކު ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.ނައިބު ރައީސްގެ މަގާމަށް މޫމިނާ އައްޔަން ކުރަން ނަން ފޮނުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.އެޗްއާރުސީއެމަށް އައްޔަން ކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ އެ ކޮމިޝަންގެ އެކްޓިން ސެކްރެޓަރީގެ މަގާމުގަ އެވެ.ޔުނިވާސިޓީ އޮފް ސިޑްނީ އިން ކިޔަވައި ވިދާޅުވި މުއުމިނާ ވަނީ ކްރިމިނޮލޮޖީ އިން މާސްޓާސް ޑިގްރީއެއް ހާސިލް ކުރައްވައިފަ އެވެ. އިކޮނޮމިކް މިިނިސްޓްރީގައި ޑިވެލޮޕްމެންޓް ކޮންސަލްޓަންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި މުއުމިނާ ވަނީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން (އޭޝިއާ ޕެސިފިކް) އިން މާސްޓާސް ޑިގްރީ ހާސިލްކޮށްފަ އެވެ.އެޗްއާރްސީއެމްގައި މިހާރު ތިއްބަވާ މެމްބަރުންނަކީ މުއުމިނާގެ އިތުރުން ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި ސަމާއު އަހުމަދު ނަޖީބުގެ އިތުރުން އިސްމާއީލް ހަބީބެވެ.އެޗްއާރުސީއެމްގެ ގާނޫނު ބުނާ ގޮތުން، އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު އޮންނަނީ މަޖިލީހުގެ ރުހުމާ އެކު ރައީސަށެވެ.
ކިޔުންތެރިންގެ ޝުއޫރު