ޚަބަރު
އެޗްއާރުސީއެމްއަށް ހަބީބު އައްޔަން ކުރައްވައިފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބުރައީސް އަލްއުސްތާޒު އިސްމާއީލު ހަބީބު ރައީސް ޑރ.މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފި އެވެ.  

ހަބީބަކީ އިލެކްޝަން ކޮމިޝަނަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި ބޭފުޅެކެވެ. ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްކަމާއި، މެންބަރުކަމާއި ނައިބުރައީސްކަން އޭނާ އަދާކުރެއްވި އެވެ. 

ރައީސް އޮފީހުގައި މިއަދު ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައި ދެ ބޭފުޅުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. ދެ ބޭފުޅުންވެސް ހުވައިކުރެއްވީ ރައީސް މުއިއްޒުގެ ކުރިފުޅުމަތީގަ އެވެ. އެއަށްފަހު ރައީސްވަނީ ދެ ބޭފުޅުންނަށްވެސް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވާފަ އެވެ. ަ

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު