ޚަބަރު
ރައީސް އެދިވަޑައިގަތީ މުހައްމަދު އަބްދުﷲއާއި މުއާޒު ބްރޯޑްކޯމްއަށް އައްޔަނުކޮށްދިނުމަށް
އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމާ - ފޮޓޯ: މިހާރު
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ ދެ މެންބަރުގެ މަގާމަށް 12 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ބްރޯޑްކޯމްގެ ދެ މަގާމު ހުސްވެފައި ވަނީ އެ ކޮމިޝަންގެ ރައީސާއަކަށް ހުންނެވި މަރިޔަމް ވަހީދާއާއި އެ ކޮމިޝަންގެ މެންބަރު އަލީ ޔޫސުފްގެ ދައުރު މިމަހުގެ ފަހަކަށް ހަމަވެފައިވުމާ ގުޅިގެންނެވެ.

އެ ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުން، ރައީސް މުއިއްޒު އިސްކަން ދެއްވާ ތަރުތީބުން ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެ ތަރުތީބަކީ:

  • މުހައްމަދު އަބްދުﷲ (މުހަންމާ)، ހއ. އިހަވަންދޫ، ހުސްއަކުރުގެ
  • އިބްރާހިމް މުއާޒު އަލީ، ހަޒާރުމާގެ، ނ. ފޮއްދޫ

  • އިބްރާހިމް އަޝްރަފު، ވ. މަށިވެލި

  • ލެފްޓިނެންޓް ކާނަލް ރިޓަޔާޑް ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ

  • އަބްދުﷲ ހުމައިދު، ފަޒާ، ޅ. ހިންނަވަރު

  • އައިޝަތު ދިޔާނާ ތޯހިރު، ސެވަންސްޓާ، ސ. ހިތަދޫ

  • އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި

  • ޝިމްލާ އަމްހަދު، އާސްޓްރަލްގެ، ސި. ހިތަދޫ

  • އިސްމާއިލް ޝަފީގް، މ. ސްލީޓް

  • ޝިފްޒާ މުސްތަފާ، މާދަޑު، ޏ. ފުވައްމުލަކު

  • އަލީ ނިޝާން، ގ ކޫލްގްރާސް

  • މުހައްމަދު ޝަމީމް، ހ. ޕްރިޓީވިލާ

އެ ދެ މަގާމަށް ޝަރުތުހަމަވާ 12 ބޭފުޅުން ތިއްބަވާއިރު، މަގާމަށް މީހުން އައްޔަންކުރަން އިންޓަވިއުކުރުމުގެ މަސައްކަތް ކުރަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ. މި 

ބޭފުޅުންގެ ތެރެއިން މުހައްމަދު އަބްދުﷲ (މުހައްމާ) ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރުކަން ކުރައްވާފަ އެވެ.

އިބްރާހީމް މުއާޒު އަލީ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރައްވާފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު