ޚަބަރު
ސައިބާ ކުށްތައް ގާނޫނުލްއުގޫބާތުގައި ހިމެނި ބިލު ތަސްދީގުކުރައްވައިފި
ސައިބާ ކްރައިމްގެ ކުށްތައް ގާނޫނުލް އުގޫބާތުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

މިދިޔަ ހަފުތާ ބުދަ ދުވަހު ފާސްކުރި ބިލު ރައީސް ތަސްދީގު ކުރެއްވި ކަން ރައީސް އޮފީހުގެ ވެބްސައިޓްގައި މިއަދު ޝާއިއުކޮށްފައިވެ އެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ސައިބާ ކްރައިމަކީ ޤާނޫނުން ކުށެއް ކަމުގައި ކަނޑައަޅައި، ބައެއް ކުށްތައް ސައިބާކްރައިމްގެ ގޮތުގައި ގާނޫނުލްއުގޫބާތަށް އިތުރުކުރުމެވެ.

އޭގެތެރޭގައި ހިމެނެނީ ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުމާއި، ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުމާއި، ހުއްދަ ނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަސެޕްޓް ކުރުމާއި، ހުއްދަ ނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަފިއަރ ކުރުމާއި، ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުމާއި ސައިބަރ ވަޔަލަންސްގެ އަމަލުތައް ހިމެނެ އެވެ.

މީގެއިތުރުން ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތަކާއި ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތަކާއި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ވެސް ހިމެނެ އެވެ.

މި ބިލު ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން މިއަދުން ފެށިގެން ވަނީ ބިލަށް އަމަލުކުރަން ފަށާފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު