ޚަބަރު
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
ފުލުހުންގެ ހިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ރަޖުނީ
ފުލުހުންގެ ހިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުގައި މަސައްކަތްކުރައްވަމުން ގެންދަވާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީގޮތުން އެހެން ފަރާތަކާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓަން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް މަގާމުގެ މަސްއޫލިއްޔަތު ރަޖްނީ އަތުން ނަގައި، އެހެން މީހަކާ ވަގުތީ ގޮތުން ހަވާލު ކޮށްފައިވާ ކަމަށެވެ.

ރަޖްނީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރީ ވިނަރެސްއިން ފްލެޓު ގަތް މައްސަލައިގައި ގޯހުން ކަމެއް ކޮށްފައިވޭތޯ ބެލުމަށް ފުލުހުން ތަހުގީގެއް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

"މި ނިންމުމަކީ އެސްޕީ ރަޖުނީ ޝުއައިބާ ގުޅޭ ގޮތުން މި ހިދުމަތުން ޔަގީންކުރަމުންދާ ކަންކަމުގައި، އެ ފަރާތުން އެއްވެސް ނުރަނގަޅު އަމަލެއް ހިންގާފައިވާކަން މިހާތަނަށް ފާހަގަކުރެވިގެން ނިންމި ނިންމުމެއް ނޫން ކަމުގައި ވެސް ދަންނަވަމެވެ،" ޝިފާން ވިދާޅުވި އެވެ.

ވަގު ލިޔުންތަކެއް ހުށަހަޅައިގެން ނުހައްގުން ގޯތިތަކެއް ހޯދި މައްސަލައިގެ ތަހުގީގާ ގުޅޭ މައުމޫލާތު ހިއްސާކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބައިވެރިވި ރަޖުނީ ވިނަރެސް ފްލެޓް ހޯދާފައި ވަނީ އުސޫލުން ބޭރުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ވަނީ ފެތުރިފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވިނަރެސް ފްލެޓް ލިބުނު މީހުންގެ ލިސްޓްގައި ރަޖުނީގެ ނަން ވެސް އެބަ އޮތެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު